logoEN
Sto top
ހަނގާ ކުރުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މައުލޫމާތު ނާލާފުށި ސްކޫލްގެ ބެލެނިވެރިންނަށް ދީފި

ހަނގާ ކުރުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މައުލޫމާތު ނާލާފުށި ސްކޫލްގެ ބެލެނިވެރިންނަށް ދީފި

އައިޝަތު އިފާޝާ

logo

9/8/2022, 10:41:58 AM

# ފުލުހުން# ޖެންޑާ މިނިސްޓްރީ

1_22de47dd41

މ. މުލީ ޕޮލިސް ސްޓޭޝަނާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ގެ މ. އަތޮޅު ގޮފި ގުޅިގެން ނާލާފުށި ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި މަހު 07 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ހަނގާ ކުރުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ހަނގާ ކުރުމަކީ ކޮބައިކަމާއި އެފަދަ ކަމެއް ކުއްޖަކަށް ކުރިމަތިވަމުންދާނަމަ ކުއްޖާގެ އުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކާއި ބޭރުތެރެއާ އަދި ގޭގައި ކުދިން އުޅޭއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަންތަައްތަކާއި ކުދިންގެ ހެދިބޮޑުވުމުގައި އަންނަމުންދާ ބަދަލުތަކާއި ފުރާވަރުގެ ކުދިންނަށް ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލު އަދި މައިންބަފައިންގެ ދައުރު އަދާކުރުމުގައި ބޭނުން ކުރެވިދާނެ އުކުޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގައި އަމަލު ކުރަމުންދާ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ނާލާފުށި ސްކޫލްގައި ކުރިއަށްގެންދިޔަ އެ ސެޝަންގައި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside