logoEN
Sto top
ކުޑަކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުކުރަން އެދިއްޖެ

ކުޑަކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުކުރަން އެދިއްޖެ

އަލްފާ އަލީ

logo

5/13/2022, 7:52:35 PM

# ފުލުހުން# ޖެންޑާ މިނިސްޓްރީ# ކުޑަކުދިންނަށް ކުރާ އަނިޔާ

ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

ށ. އަތޮޅު މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

Wamco

އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި އާއްމުވި އެ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ. އެކަންތައް ހިނގާފައި ވަނީ އެރަށު ފުޓްބޯޅަ ކުޅޭ ސަރަހައްދުގައެވެ. އަދި އެ ދަނޑުގައި ވެސް ތިބި ބައެއް މީހުން ވެސް އެ މަންޒަރު ބަލަން ތިއްބެވެ. އަދި ވާހަކަދައްކާ އަޑުވެސް އިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެ ވީޑިއޯ އާއްމުވުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެކަމުގެ މައުލޫމާތު ލިބިގެން ޖެންޑާ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން މެމްބަރުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށެވެ،

ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރަމެވެ. --- ޖެންޑާ މިނިސްޓްރީގެ ޓްވީޓް

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside