logoEN
cocacola
ގައްދޫ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ގައްދޫ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

އައިޝަތު އިފާޝާ

logo

3/6/2022, 3:06:21 PM

# ގދ.ގައްދޫ# މަގުހެދުން# އާރުޑީސީ

FNKFWrUXwAYblPm

ގދ. ގައްދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނާއި ވެހިކަލްތައް އެރަށަށް ގެންގޮސްފި އެވެ.

ގޮސިޔާ

ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގަ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ ގައްދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތަކާއި ވެހިކަލްތައް ރޭގެވަގުތެއްގައި އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގައްދޫގައި މިހާރު ކުރިއަށްދަނީ މަސައްކަތް ކުރާ ސައިޓް ސާފުކުރުމާއި ތާރައިގެ މަސައްކަތް ކުރާ މީހުން މޮބިލައިޒް ކުރުމުގެ މަސައްކަތް ކަމަށްވެސް އާރުޑީސީން ބުނެއެވެ.

މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށްހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.މި މަޝްރޫއުގެ މަސައްކަތް 510 ދުވަހުގެ ތެރޭ ނިންމަން ހަވާލުކުރެވިފައި ވާއިރު، މި މަޝްރޫއަކީ 138 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

އާރުޑީސީން ގައްދޫގެ މަގުހެދުމުގެ މަސައްކަތް ފަށާފައިވަނީ، 17 ފެބްރުއަރީ 2020 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ