
ރަޝިއާގެ ޤައުމީ އެއާލައިނުން ބައިނަލްއަޤުވާމީ ދަތުރުތައް ހުއްޓާލަނީ
# ރަޝިއާ# ރަޝިއާ - ޔޫކްރެއިން# އޭރޯފްލޮޓްbatch_0-1
ރަޝިޔާގެ ގައުމީ އެއާލައިން އޭރޮފްލޮޓްއިން ކުރަމުން އަންނަ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފި އެވެ.

އޭރޮފްލޮޓުން ބުނީ، އެއެއާލައިނުން ކުރަމުން އަންނަ ބައިނަލްއަގުވާމީ ދަތުރުތައް (ބެލަރޫސް ފިޔަވާ އެހެން ހުރިހާ މަންޒިލަކަށް) އަންގާރަ ދުވަހުން ފެށިގެން ދަތުރު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހާއި ހަމައަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ވެސް އެއާލައިނުން ދަތުރު ނުކުރެވޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
އެގޮތަށް ނިންމާފައިވަނީ ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ ގައުމުތަކުން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމުން އެއާލައިނަށް ވެސް ގެއްލުންތަކެއް ލިބިފައިވާތީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ރަޝިއާގެ ފްލައިޓްތައް އެގައުމުތަކުގެ ވައިގެ ސަރަހައްދަށް ރަޝިއާގެ އެއާލައިންތައް ވަނުން މަނާ ކުރުމުން އެއެއާލައިން ދަތުރު ކުރާ ރާސްތާ ވެސް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އޭރޯޕްލޮޓް އަކީ ރާއްޖެއަށްވެސް ދަތުރުކުރަމުން އަންނަ އެއާލައިނެކެވެ.
ގުޅުންހުރި

ރަޝިއާގައި 22 މީހުންނާއި އެކު ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ގެއްލިއްޖެ
.webp&w=3840&q=75)
ބެއިރޫތު ހަމަލާއާއި އެކު ޔަހޫދީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެއްޖެ - ރަޝިއާ

ނޭޓޯއިން ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލައިފިނަމަ މުޅި ދުނިޔެއަށް ނުރައްކާވާނެ - ޕޫޓިން
