logoEN
cocacola
މަހްލޫފްގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި

މަހްލޫފްގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި

# އެމްއެމްޕީއާރުސީ ޚިޔާނާތް# އަޙްމަދު މަޙްލޫފް

big_B2qiXerrC4bIMSD

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ގޮސިޔާ

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ގާޒީ މުހައްމަދު މިސްބާހު މި މައްސަލަ ބޭރުކުރަން ނިންމެވީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމުގައި ނިންމާފައެވެ.

ގާޒީ މިސްބާހް ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނޭ މައްސަލައެއް ކަމުގައި ނިންމީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަކީ އެ ހެކިތައް ދޭން ޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭ ފަދަ ހެކިތަކަކަށް ނުވާތީއެވެ.

މި ގޮތަށް ގާޒީ ނިންމެވީ، މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން، ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަދީބު ދައުލަތަށް ދީފައިވާ ބަޔާނުގައި މަހްލޫފަށް ރިޝްވަތު ދިން ކަމަށް އަދީބު ވިދާޅުވެފައިވެއެވެ. އަދި ފައިސާއާއި ޗެކެއް އައްލާމް ލަތީފް މެދުވެރިކޮށް މަހްލޫފަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމުގައެވެ.

ގާޒީ މިސްބާހު ފާހަގަ ކުރެއްވި ކަމަކީ، ފައިސާ ދިނީ އައްލާމް ލަތީފް ކަމަށް އަދީބު ވިދާޅުވިޔަސް އެ ފައިސާ ދައުރު ކުރި ގޮތަކާއި، އެ މުއާމަލާތް ހިންގި ގޮތުގެ އެއްވެސް ތަފްސީލެއް އަދީބުގެ ބަޔާނުގައި ނެތް ކަމުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ