
އިނގިރޭސިވިލާތުގައި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕްތަކެއް
# ސްކޮލާޝިޕް# މަޓީFMq7CNvaIAA_dlV (1)
އިނގިރޭސިވިލާތުގައި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮރލަރޝިޕްތަކެއް ރާއްޖެއަށް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލަރއެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނަޒީރެވެ.
ފަތުުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ސަރުކާރުގެ ގްލޯބަލް ސްކޮލަރޝިޕް ޕްރޮގްރާމް ކަމަށްވާ، ޗީވްނިންގ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބާރު މިނެއްގައި ކުރިއަރަމުންދާއިރު، މި ދާއިރާއިން މީހުން ބިނާކުރުން މުޙިންމު ކަމަށެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ނަޒީރު ވިދާޅުވީ ހުނަރުވެރި ފަރާތްތަކެއް މި ސްކޮލަރޝިޕްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރެވިގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ.
ޗީވްނިންގ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ ސްކޮލަރޝިޕަކީ ފަތުރުވެރިވެރިކަމުގެ ދާއިރާއިން އިނގިރޭސިވިލާތުގެ އެކްރެޑިޓެޑު ޔުނިވަރސިޓީއަކުން، އެއް އަހަރު ދުވަހުގެ މާސްޓަރސް ޑިގްރީ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. މަޓީއާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން 2 ސްކޮލަރޝިޕްގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.