
big_oemN58VTufsuejqHrYkp24fKd
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލާޝިޕަށް ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެކެވެ. އެއް އަހަރު ދުވަހުގެ މިސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޮލާޝިޕާ ގުޅޭ ހުރިހާ ހަރަދެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭ އިންނެވެ. ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް އެމްއެމްއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ސްކޮލާޝިޕަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އަދި އިންޓަވިއު ކުރުމަށްފަހު މާކްސް ދީގެންނެވެ.
ގުޅުންހުރި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން އިތުރުކޮށްފި

އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

.gif&w=3840&q=75)



