logoEN
cocacola
އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި ތިނަދޫ ކައުންސިލުން މިއަހަރު 50 ރޯހައުސް އަޅަނީ

އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި ތިނަދޫ ކައުންސިލުން މިއަހަރު 50 ރޯހައުސް އަޅަނީ

# ގދ.ތިނަދޫ# ސައުދު އަލީ# ތިނަދޫ ރައީސް# ބޯހިޔާވަހިކަން# ގދ. ތިނަދޫ ކައުންސިލް

GMG_7109

ގދ. ތިނަދޫ ކައުންސިލްގެ އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި މިއަހަރު ތެރޭ 50 ރޯ ހައުސް އެޅުމުގެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިރޭ ބޭއްވި ތިނަދޫ ކައުންސިލްގެ ރައްޔިތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސައުދު ވިދާޅުވީ ރަށުގައި ރޯ ހައުސް އެޅުމުގެ މަޝްރޫއެއް ކައުންސިލުންވެސް ކުރިއަށް ގެންދަން ރާވަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި، އަމާޒަކީ މިއަހަރުގެ ތެރޭގައި 50 ރޯ ހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކުރުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ 200 ރޯހައުސްއާ މުޅިން ތަފާތު މަޝްރޫ އެކެވެ.

https://gaafu.mv/news/49479

ދެން އިތުރަށް ސީދާ ކައުންސިލް މެދުވެރި ވެގެން ލޯނު ނަގައިގެން ކުރިއަށް އޮތް އަހަރުތަކުގައި ބަހާލައިގެން ރޯހައުސް އެޅުމުގެ މަޝްރޫއެއް ހިންގަން ކައުންސިލުންވެސް އެބަ ރާވަން. އެ މަސައްކަތުގެ ދަށުން ލޯނު ދޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް މިވަގުތު ކައުންސިލްގެ އިދާރާގައި ވަަށް ބާރަށް ކުރިއަށް އެބަދޭ. އެ ރޫހުގެ ދަށުން މިއަހަރު 50 ރޯހައުސް އެޅުމުގެ މަސައްކަތް ފެށޭތޯ މިދަނީ މަސައްކަތް ކުރަމުން --- ތިނަދޫ ރައީސް، ސައުދު އަލީ

ތިނަދޫއިން އެންމެ ފަހުން ބޯހިޔާވަހިކަމަށް ގޯތި ދޫކުރީ 2012 ވަނަ އަހަރު އެވެ. އެއިރު ދޫކުރި ގިނަ ގޯތިތަކުގައި އަދިވެސް ހުރީ އިމާރާތް ނުކުރެވި އެވެ. އެހެންވެ، އެރަށު ކައުންސިލްގެ އަމާޒަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމުގައި ސައުދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫގެ ގޯތިތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކި ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކާއެކު ޖުމްލަ 1900 އެއްހާ ގޯތި އެރަށުގައި އެބަ އޮތެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 1300 އެއްހާ ގޯތިތަކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ