logoEN
cocacola
ބޯހިޔާވަހިކަމަށް ދޫކުރާނީ ބިން މިލްކުވާ ގޮތަށް 200 ރޯހައުސް - ތިނަދޫ ރައީސް

ބޯހިޔާވަހިކަމަށް ދޫކުރާނީ ބިން މިލްކުވާ ގޮތަށް 200 ރޯހައުސް - ތިނަދޫ ރައީސް

# ގދ.ތިނަދޫ# ބޯހިޔާވަހިކަން

GMG_7118

ގދ. ތިނަދޫއިން ބޯހިޔާވަހިކަމަށް ދޫކުރަން ނިންމާފައިވަނީ ބިން މިލްކުވާ ގޮތަށް 200 ރޯހައުސް ކަމުގައި އެރަށު ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މީގެ ކުރިން ސައުދު ވިދާޅުވީ ތިނަދޫއަށް ލިބިފައިވާ 200 ގޯތީގައި އެޅުމަށް ހަމަޖެހިފައިވަނީ 100 ފްލެޓާއި 100 ރޯ ހައުސް ކަމުގައެވެ. ނަަމަވެސް އެ އުސޫލުން ފްލެޓް ދޫކުރުމާ އެރަށުގެ ގިނަ ރައްޔިތުންތަކެއް ދެކޮޅު ހެދި އެވެ. އެރަށުގެ ގިނަ ބަޔަކު ބޭނުންވަނީ ގޯތި، ގޯތިތަކުގެ ގޮތުގައެވެ.

https://gaafu.mv/news/49479

މިރޭ ކުރިއަށްދިޔަ ތިނަދޫ ކައުންސިލްގެ ރައްޔިތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ޕްލޭނިން މިނިސްޓަރާއެކު މިއަދު ތިނަދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ ތިނަދޫގައި 200 ރޯހައުސް އެޅުމަށް ކަމަށެވެ.

ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ދީފައިވާ ގޮތަށް ކައުންސިލުން ނިންމާފަ ވަނީ 200 ފްލެޓުގެ ބަދަލުގައި 200 ރޯހައުސް އެޅުމަށްފަހު ރައްޔިތުންނަށް ދޭން. ރޯހައުސް އަކީ ބިމާއެކު ލިބޭ އެއްޗަކަށް ވުމާ އެކު ރޯހައުސްއަށް އެދޭ މީހުންނަށް ތަންތަން ހަވާލުކުރުމުގައި މަހު ކުލި ބިނާ ކުރުމަށް ފަންނީ ފަރާތްތަކާއި ރައްޔިތުންގެ ޚިޔާލުވެސް އެކި މަރުހަލާ ތަކުގައި މިކަމުގައި ހޯދާނަން. --- ތިނަދޫ ރައީސް، ސައުދު އަލީ

އޭނާ ވިދާޅުވީ ރޯހައުސް އެޅުމަށްޓަކައި ބަޔަކާ ހަވާލު ކުރުމަށް ޓެންޑަރ އަށް ލުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރަށުގައި ރޯ ހައުސް އެޅުމަށް ކައުންސިލްގެ އަމިއްލަ މަޝްރޫއެއް ހިންގުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން އެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވަނީ ލޯނު ނަގައިގެން ކަމަށާއި، އެ މަޝްރޫއުގެ ދަށުން މިއަހަރުގެ ތެރޭގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ސައުދު ވިދާޅުވިއެވެ.

https://gaafu.mv/news/49486

ތިނަދޫއިން އެންމެ ފަހުން ބޯހިޔާވަހިކަމަށް ގޯތި ދޫކުރީ 2012 ވަނަ އަހަރު އެވެ. އެއިރު ދޫކުރި ގިނަ ގޯތިތަކުގައި އަދިވެސް ހުރީ އިމާރާތް ނުކުރެވި އެވެ. އެހެންވެ، އެރަށު ކައުންސިލްގެ އަމާޒަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމުގައި ސައުދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫގެ ގޯތިތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކި ސަރުކާރުތަކުން ދޫކޮށްފައިވާ ގޯތިތަކާއެކު ޖުމްލަ 1900 އެއްހާ ގޯތި އެރަށުގައި އެބަ އޮތެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 1300 އެއްހާ ގޯތިތަކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ