logoEN
cocacola
ތިނަދޫ ސަހަރާގައި ސިހުރު ހެދިކަމަށް ދެކެވޭ ވާހަކަތަކުގެ ހަޤީގަތް

ތިނަދޫ ސަހަރާގައި ސިހުރު ހެދިކަމަށް ދެކެވޭ ވާހަކަތަކުގެ ހަޤީގަތް

# ގދ.ތިނަދޫ# ސިހުރު

EC2413E4-76F6-4D1E-957C-F02C9B370590

މުޅި ތިނަދޫގެ ރައްޔިތުންނަށް ސިހުން ލިބިގެން ދިޔައީ މީސްމީޑިއާގައި ދައުރުވި ހަބަރަކާއި ގުޅިގެންނެވެ. ދާދި ފަހުން ތިނަދޫގައި ނިޔާވި މީހެއްގެ މަހާނައަށް ބަޔަކު ސިހުރު ހަދަން ތިއްބާ މީހަކަށްފެނި އެކަން ހުއްޓުވަން ކުރި މަސައްކަތުގެ ވާހަކައެވެ.

ގޮސިޔާ

ސިހުރު ހަދަމުން ދަނިކޮށް އެތަން އިއްތިފާގުން މީހަކަށްފެނި ސަހަރާއަށް ވަނީ، މަހާނަ ކައިރީގައި އިނީ ނިޔާވި ފަރާތުގެ އާއިލާ މީހަކު މަހާނަ ގަލެއް ޖެހުމަށް މަސައްކަތް ކުރަން ކަމަށް ދެކި އެހީތެރިވުމުގެ ނިޔަތުގައި ކަމަށް އެތަނަށް އެވަގުތު ވަން ފަރާތުން މިވާހަކަ ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ނަމަވެސް ކައިރިޔަށް ގޮސް ފޯނުގެ ފްލެޝްލައިޓް ޖައްސާ އަލި ކޮށްލި އިރު ކަމަކު ދާކައްނެތެވެ. ނިޔާވި މައްޔިތާގެ ވަޅުލިތާ 24 ގަޑިއިރު ނުވަނީސް މަހާނައަށް ސިހުރު ހެދުމުގެ ކަންތައް މިދަނީ ކުރިޔަށެވެ. އެތަނަށް އެފަރާތައް ދެވުނު އިރު މަހާނަ މައްޗަށް، މަހާނަ 3 ބަޔަށް ބަހާލުމަށް ފަހު އެމީހުން ގެނައި ފެންއަޅަނީއެވެ. އެމީހުންގެ އަތުގައި ލިޔެފައި ހުރި ފަންވަތް ތަކެއް ހުއްޓެވެ. އަދި މިނޫނަސް ސިހުރު ހަދަން ބޭނުން ކުރާ އެއްޗެހި ތަކެއް ހުރި ކަމަށް އެފަރާތުން ކިޔާދިނެވެ.

އެތަނަށް ދިޔަ ފަރާތުން މި މަންޒަރުތައް ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ނިޔާވި ފަރާތުގެ އާއިލާއަށް ހިއްސާކުރިއެވެ. އަދި އެހެންމެ ކަމާބެހޭ ފަރާތްތަކަށްވެސް އެކަން އަންގާފައިވާނެ ކަމަށް އެފަރާތުން މައުލޫމާތު ހިއްސާކުރަމުން ބުނެފައިވެއެވެ. ސިހުރު ހަދަން ތިބި ކަމަށް ބުނާ މީހުން އެތަނުން ބޭރު ކުރީ މަރުވި ފާރާތުގެ އާއިލާމީހުންވެސް އެތަނަށް ގޮސްގެންކަމަށް މިފަރާތުން މައުލޫމާތު ދިނެވެ. ސިހުރު ހަދަން ސަހަރާއަށް ވަންކަމަށް ބުނާ މީހުންނާ ސުވާލު ކުރުމުން ބުނެފައި ވަނީ ރުގުޔާ ކުރުމަށްފަހު ސިހުރެއް ނައްތާލުމުގެ މަސައްކަތް ކުރަން ސަހަރާއަށް ވަދެ ތިބީ ކަމަށެވެ. މިހާހިސާބުން އުފެދޭސުވާލުތައް ވަރަށް ގިނައެވެ.

ރުގުޔާކޮށް ސިހުރު ނައްތާލަން ޒަމާންތަކެއްވީ މަހާނައެއް ހޯދަން ސަހަރާއަށް ވަން ބަޔަކު ނިޔާވެ މީހަކު ވަޅުލިތާ 24 ގަޑިއިރު ނުވާ މަހާނައެއް މައްޗަށް ފެން އަޅަންވީކީއްވެ ހެއްޔެވެ؟ އެ މަހާނަ ކައިރީ ތިބެންވީ ކީއްވެ އެއްޔެވެ؟ އެތަނަށް ލިޔެފަ ހުރި ފަންވަތްތަކެއް ގެންދިއައީ ކީއްވެ ހެއްޔެވެ؟ ރުގުޔާކޮށް ސިހުރު ނައްތާލަން ސަހަރާއަށް ވަންނަމަ އެތަނާއި ހަވާލުވެގެން ތިބި ފަރާތްތަކުގެ ހުއްދަ ނުހޯދީ ކީއްވެހެއްޔެވެ؟ އެންމެ ފަހުކަމަށް ރުގުޔާ ކުރި ކަމަށް ބުނާ އާއިލާއާއި ފަޅުވި ކަމަށް ބުނާ ގޭގޭ އާއިލާއަަށް ނިސްބަތްވާ މީހަކު އެތަނުގަ ނެތީކީއްވެ ހެއްޔެވެ؟ މިއީ ހައްތަހާވެސް ކުރެވޭ ސުވާލުތަކެވެ. މި ސުވާލުތައް އެތަނަށް އެވަގުތު ހާޒިރުވި މީހުންނާއި ނިޔާވި ފަރާތުގެ އާއިލާއިންވެސް ސިހުރު ހަދަން ވަންކަމަށް ބުނާ މީހުންނާ ކުރިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުދެވި ބަސްހުއްޓޭގޮތްވި ކަމަށް އެތަނުގައި ހަރަކާތްތެރިވި މީހުން މައުލޫމާތުދިނެވެ.

ނިޔާވެ ވަޅުލިތާ 24 ގަޑިއިރު ނުވާ މީހެއްގެ މަހާނައަކަށް ސިހުރުހަދަން ނުވަތަ ސިހުރު ނައްތާލަން ކަމަށް ބުނެވެސް ވަދެ ގޮތްގޮތް ހަދާއިރު އެ ފަރާތުގެ އާއިލާއަށް ކުރާނެ އަސަރު އިހުސާސް ނުވުމަކީ މިކަން ކުރަން ވަން މީހުންގެ އިންސާނިއްޔަތު ކަމެއް ރަހުމެއް ނެތްކަން ފެންނަ ހުރި ކަމެކެވެ. ކޮންމެއަކަސް މި ވާހަކަ މިހާހިސާބައް އިހަށް ބާވަން ހިނގާށެވެ.

ސަހަރާއަށް ސިހުރު ހަދަން ބަޔަކު ވަންކަމަށް ބުނާ މައްސަލަ މިފަހަރު މިހާ ބޮޑު ކަމަކަށްވީ ކީއްވެ؟

ސަހަރާއަށް ސިހުރު ހަދަން ވަންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވަހަކައެކެވެ. ތުންތުން މަތިން ދޭތެރެއަކުން ސިހުރުގެ ވާހަކަ ސަހަރާއަށް މަހާނަތަކަށް ސިހުރު ހަދާވާހަކަ އަދި ސިހުރު ނައްތާލަން ވަންނަ ވާހަކަ ދެކެވެއެވެ. ސަހަރާގެ މަގުފާރު ތިރިކުރަން ޖެހުނީވެސް މިފަދަ ކަންކަން ހިގާތީކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މިފަހަރު މިކަން މިހާ ބޮޑު ކަމަކަށްމިވީ މިހާދިސާ ރިޕޯޓު ކުރިއިރު "ގާފު" ނޫހުގެ ހަބަރުގަ ލިޔެވުނު އިބާރާތެއް ބަޔަކަށް ގޯސްކޮށް މާނަކުރެވިގެން ކަމުގައި ވެދާނެއެވެ، ނުވަތަ މިސްކިތު ހުޅުޖެހި މީހުންނަށް ވީވަރު ވީއެވެ.

ގާފު ނޫހުގައި މި ހާދިސާ ޝާއިއު ކުރިއިރު އެއްވެސް ފަރާތަކަށް ނިސްބަތްކޮށް އެއްވެސް އިބާރާތެއް ލަފްޒެއް ނުވަތަ އަކުރެއްވެސް ބުނެފަ ނުވެއެވެ. ހާދިސާ ލޮލުން ފެނުނު ފަރާތަކުން ހިއްސާކުރި މައުލޫމާތު ކަށަވަރު ކުރުމަައްޓަކައި އެތަނަށް އެވަގުތު ހާޒިރުވި އެހެން މީހުންނާއި ސުވާލުކޮށް މިހާދިސާއަކީ ހިނގި ހާދިސާ އެއްކަން ކަށަވަރުވުމުން ލިބުނު މައުލޫމާތުގެ އަސްލާ އެއްގޮތަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބަރު ޝާއިއުކުރީއެވެ. މަންޒަރު ދުށްމީހުން އެތަނުގައި ސިހުރުހަދަން ތިބިކަމަށް ބުނާ މީހުންގެ ވަނަވަރު ގާފު ނޫހާ ހިއްސާ ކުރި ނަމަވެސް މުޖުތަމައުގެ މަސްލަހަތައްޓަކާ ގާފު ނޫހުގެ އެޑިޓަރު ނިންމީ މި މީހުންގެ ވަނަވަރު ހާމަނުކުރުމަށެވެ. އަދި އެހެންމެ ގާފު ނޫހަށް ލިބުނު ފޮޓޯ އަދި ވީޑިއޯވެސް މި ހަބަރުގައި ނުހިމެނުމަށެވެ. ސަބަބަކަށްވީ ވަޅުލެވުނުތާ 24 ގަޑި އިރުނުވާ މީހެއްގެ މަހާނައަށް ސިހުރު ހެދިކަމަށް ބުނެ އެ މަހާނައިގެ ފޮޓޯއާއި ވީޑިއޯ ޝާއިއުކޮށްފި ނަމަ އެ އާއިލާއަށް ލިބިދާނެ ހިތާމައަކަށް ވިސްނާ އެކަން ނުކުރުމަށް ގާފުގެ އެޑިޓަރު ނިންމިއެވެ. ނަމަވެސް ހަބަރު ޝާއިއު ކުރިއިރު ލިޔެވުނު ޖުމްލައެއް ބަޔަކަށް މާނަ ކުރެވުނު ގޮތް ވަރަށް ގޯސްވެ އެކަމާއި ދެކޮޅަށް މީސްމީޑިއާގައި ކޮމެންޓްކޮށް ގާފު ނޫހުގެ ވެރިންނާއި އެޑިޓަރުންނަށް ގޫޅާ އިންޒާރުދީހެދިއެވެ. އަދި މި ހަބަރު ނެގުމަށްވެސް އެދިފައިވެއެވެ. އަދި ހަބަރު ލިޔުނު ފަރާތުގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެތައް ފަހަރަކު އެދުނެވެ. މިހާހިސާބުން ގާފު ނޫހުގެ އެޑިޓަރަށް މި ލިޔެވުނީ ކިހާ ވަރެއްގެ ޖުމްލަ އެއްތޯ ބަލަމާހިގާށެވެ.

“މިކަން ހިނގިވަގުތު އެތަނުގައި ހުރި އެހެން މީހަކު ގާފު އަށް ކަށަވަރު ކޮށްދިން ގޮތުގައި ސިހުރު ހަދަން ސަހަރާއަށް ވަދެތިބީ ތިނަދޫގެ ކުރީގެ މަޖިލިސް މެންބަރެއްގެ ވަރަށް އަރިސް ބައެއް ކަމަށެވެ”

މިޖުމްލައިން ވަކި މީހަކަށް މިކަން ނިސްބަތްވާންޖެހުނު ސަބަބެއް ނުވިސްނުނެވެ. ގދ ތިނަދޫ ކުރީގެ މަޖިލިސް މެމްބަރުން ގޮތުގައި ތިނަދޫ 2 ދާއިރާ އުފެދުމަށް ފަހުވެސް ދައުރު ނިންމާފަ ތިބި 4 މަޖިލިސް މެންބަރަކު އެބަތިއްބެވެ. ނަމަވެސް މި ހަތަރު މީހުންގެ ތެރެއިން ވަކިމީހަކު ނުކުމެ މިކަމާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރަންޖެހުނު ސަބަބެއް ނުވިސްނެއެވެ. ވިސްނާލުމުން އަންނަނީ މިސްކިތު ހުޅުޖެހިމީހުންނަށް ކަންކުރެވުނު ގޮތުގެ ވާހަކައެވެ. ހުޅުޖަހާފަ ނިކމެ ރަށުތެރޭ މަށޭ އެބަ ކިޔާހޭ ސުވާލު ކުރި ގޮތަށް، ކުރީގެ މަޖިލިސް މެމްބަރެކޭ އޮތުމުން އެކަމުން ރެކެން ފަޔަށް ހިނިއަރާގެން ތެޅިގަތުމުގެ ސިއްރެއް އޮވެދާނެއެވެ.

ގާފު ނޫހުގެ ވެރިންނަށް ގުޅާ ހަބަރު ނަގަން ބުނެ، ނުނެގުމުން ދެންވިސްނީ ނޫހުގެ އަގު ވައްޓާލުމަށް އެހެންނޫސް ތަކުގައި ގާފު ނޫހާއި ދެކޮޅަށް ހަބަރުތައް ޝާއިއު ކުރުމަށެވެ. މިގޮތުން ތިނަދޫއަށް ނިސްބަތްވާ ނޫހެއްގަ ގާފު ނޫހުގެ އަގުވައްޓާލަން ސަހަރާއަށް ސިހުރު ހެދި ކަމަށް ބުނާ ހަބަރު ދޮގުކުރަން ވަރަށް ފުރިހަމަ ހަބަރެއް ލިޔެ ޝާއިއު ކުރަން އުޅުމުން އެ ނޫހުގެ ވެރިން އެކަމާދެކޮޅު ހެދިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދެން އެ ލިއުނު ހަބަރު އެހެން ނޫހަކަށް ފޮނުވައިގެން ޝާއިއު ކުރިއިރު ބަލަންޖެހޭ އެއްވެސްކަމެއް ނުބަލާ ހުރިކަން ފާހަގަ ކުރެވުނެވެ.

މިގޮތުން ތިނަދޫ ކައުންސިލްގެ ރައީސް ބައެއްނޫސްތަކަށް މައުލޫމާތުދެމުން ކަމަށް ބުނެ ރައީސް ސައުދު އަލީ އާއި ހަވާލާދީ ލިޔެފައިވާ ވާހަކަތައް ތިނަދޫކައުންސިލުގެ ރައީސް ވަނީ ދޮގުކޮށްފައެވެ. އަދި މި ހަބަރު ޝާއިއު ކޮށްފައިވާ ނޫހަށް ދުވަހަކުވެސް މައުލޫމާތެއް ނުދޭކަމަށާއި އަދި މި ނޫނަސް އެއްވެސް ނޫހަކަށް ރަސްމީ ސިފައެއްގައި މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ނުދޭކަމަށް ތިނަދޫ ކައުންސިލް ރައީސް ވަނީ ގާފު ނޫހަށް މައުލޫމާތު ދެމުން ބުނެފައެވެ. އަދި އެހެންމެ މި ބުނާ ނޫހުގައި ކަމާބެހޭ އެއްވެސް ފަރާތަކަށް އަދި ފުލުހުންނަށްވެސް މި މައްސަލަ ރިޕޯޓް ކޮށްފައި ނުވާ ކަމަށް ބުނެފައިވާއިރު ގާފު ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައި ވަނީ ގދ.ތިނަދޫ ސަހަރާގައި ސިހުރުހަދަން ތިބި ކަމަށް ބުނާ މައްސަލައެއް ރިޕޯޓް ކޮށްފައި ވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

ސިހުރު ހަދަން ސަހަރާއަށް ބަޔަކު ނުވަންނަ ކަމަށްބުނެ މިއީ ނުވާކަމެއްކަން ދައްކަން މަސައްކަތް ކުރި މީހުން އެއްކަލަ ނޫހުގަ އެމީހުން ލިޔެފަ ފޮނުވާގެން ޝާއިއު ކުރި ހަބަރު މީސްމީޑިއާގައި ދައުރުކޮށް މިކަމުން ރެކެން މަސައްކަތް ކުރިއިރު، ހައިރާންވާ ކަމަކީ މިހާތަނަށް އެއްވެސް ބަޔަކު ނުވަތަ ގާފު ނޫހުން ލިޔުނު ހަބަރެއްގަވެސް އެއްވެސް ވަރަކަށް މިއީ މިމީހުން ކުރި ކަމެއް ކަމަށް ބުނެ ވަނަވަރު ހާމަ ކޮށްފައެއް ނުވާކަމެވެ.

މިހާ ހިސާބަށް އައުމުން ދެންކުރެވޭ ސުވާލަކީ މިހާދިސާ އަކީ ނުހިނގާ ކަމެއްކަމަށް ހަދާ މިކަން ފޮރުވަން ފަޔަށް ހިނިއަރާގެން މިއުޅެނީ ކޮން އިއްޒަތްތެރިއެއް ތޯއެވެ؟ އަދި މީނާގެ މަޤްސަދަކީ ކޮބާތޯއެވެ؟ ގދ. ތިނަދޫ ކުރީގެ މެމްބަރުން ގޮތުގައި އެތައްބަޔަކު ތިބިއިރު މި އިއްޒަތްތެރި މެމްބަރަށް މިކަމުގަ ބާރުކުރަންވީ ސަބަބަކީ ކޮބާތޯއެވެ؟

ޖެހިގެން އައިދުވަހު ތިނަދޫގެ މަޝްރަހު ހަލަބޮލިވެ މީސްމީޑިއާ ގައި ދެން ދައުރުވާން ފެއްޓީ އެހެންކަމެކެވެ. ސިހުރު ހަދަން ގެނެސްފައިވާ ކާހިނުން ކަމަށް ބުނާބަޔަކު ތިނަދޫ ތެރޭ އުޅޭވާހަކައެވެ. މީސްމީޑިއާއިން ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ރާއްޖެއިން ބޭރު ބަޔަކު ގެސްޓްހައުސްއަކުން ނެރެ ސައިކަލެއްގެ ފަހަތަށް އަރުވައިގެން ގެންދާތަން ފެނެއެވެ. ވީޑިއޯއިން ކާހިނެއްކަމަށް ބުނާ މީހާ މި ނުކުންނަނީ އެއްކަލަ ފަޔަށް ހިނިއެރި ކުރީގެ އިއްޒަތްތެރި މެމްބަރުގެ ގެސްޓްހައުސް އިންކަމަށްވެއެވެ. ސައިކަލް ދުއްވަންއިނީ އެއްކަލަ އިއްޒަތްތެރި މެމްބަރުގެ ކޮއްކޯފުޅުކަމަށް މީސްމީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ. އެއާ ވިދިގެން ދެން މީސްމީޑިއާގައި ދައުރުވާން ފެއްޓީ ކާހިނުން ކަމަށް ބުނާމީހުން ފުރަމާލެއިން ކާޑެއްދޫއަށް ދަތުރުކުރަން ނަގާފައިވާ އެއާ ޓިކެޓުގެ ކޮޕީއެކެވެ. މިޓިކެޓުން ފެންނަގޮތުން އެއްްކަލަ ކާހިނުން ކަމަށް މީސްމީޑިއާގައި ރިޕޯޓްކޮށްފައިވާ ފަރާތްތަކަށް ޓިކެޓް ނަގާފައި ވަނީ އެއްކަލަ ކުރީގެ އިއްޒަތްތެރި މެމްބަރެވެ. ކޮންޓެކްޓް ނަންބަރަކަށް ޖަހާފައި ވަނީ މިބުނާ ކުރީގެ އިއްޒަތްތެރި މެމްބަރުގެ ނަންބަރުކަން ވަނީ ކަށަވަރުވެފައެވެ.

މީގެ އިތުރުން ހިނގި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސަހަރާއަށް ސިހުރު ހަދަންވަން ކަމަށް ބުނާ މައްސަލައާއި ގުޅިގެން މިހާދިސާ ނުހިގާ ކަން ދައްކަން މިބުނާ ކުރީގެ އިއްޒަތްތެރި މެމްބަރު މީސްމީޑިއާގައި ކުރި ޕޯސްޓަކަށް ސިހުރު ހެދިކަމަށް ބުނާ މަހާނަ ނިސްބަތްވާ އާއިލާ މެމްބަރަކު ކުރި ކޮމެންޓެވެ.

މި ކޮމެންޓުގަ ބުނެފައިވަނީ “ތިޔަކުރާ މިންނެތް މަސައްކަތުގައި އަމިއްލަ އާއިލާ ބޭފުޅުންގެ މަހާނަތައް ބޭނުންކުރުން ވަރަށް ބޮޑަށް އެދެން” މިހެންނެވެ.

މިހާހިސާބުން މިކަން ވަށާ ޖަހާލެވިދާނެއެވެ. ސަހަރާގައި މިހިގާދިޔަ ސިހުރު ހަދާކަމަށް ބުނާ މައްސަލައާއި، މިހާދިސާ ނުހިގާކަމަށް ހަދަން ކުރީގެ އިއްޒަތްތެރި މެމްބަރަކު ކުރި މަސައްކަތާއި މިއާއި ވިދިގެން މީސްމީޑިއާގައި ދައުރުވި ކާހިނުންކަމަށް ބުނާ ބައެއްގެ ވީޑިއޯތަކާއި ލިޔެކިޔުންތަކަށް ބަލާ ގޮތްނިންމަން ކިއުންތެރިންނަށް ދޫކޮށްލަމެވެ.

ކޮންމެއަކަސް މިސްކިތު ހުޅުޖެހިމީހުންހެން، ރަށުތެރޭ މަށޭ އެބަކިޔާހޭ ކިޔަމުން ދުވަންހަދާގެން މިފަހަރު ރަގަޅަށްވެސް އަތަށްގޮވީތާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ