logoEN
WAMCO TOP 1
ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭ އދ ގެ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭ އދ ގެ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

10/25/2025, 2:42:55 PM

# އދ.

-

ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

THE TRAVELLER AD

ވިއެޓް ނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލްއެވެ.

މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީތަޤުރީރުކުރައްވާފައެވެ. މިނިސްޓަރގެ ތަޤުރީރުގައި މި މުއާހަދާއަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޑރ. ޚަލީލް ވަނީ، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިޤްތިސާދުގެ %15 ބިނާވެގެން ވަނީ ޑިޖިޓަލް އިޤްތިޞާދެއް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި "މޯލްޑިވްސް 2.0" އަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމްއެއްކަން ފާހަގަކުރައްވާފައެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޓެކްނިކަލް ޤާބިލުކަން ހަނިވުމުގެ ސަބަބުން ސައިބަރ ރިސްކްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ ޢަޒުމުތައް ހަނިކުރާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މުއާހަދާގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން ވަނީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަޙްޤީޤުކުރުމާއި ދަޢުވާކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރަން ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުން 2024 ޑިސެމްބަރު 24 ގައި ފާސްކޮށްފައިވާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.) މެދުވެރިކޮށް ހެކި ހިއްސާ ކުރުމާއި ހުނަރު ތަރައްގީ ކުރުމަށް މަގުފަހިވާ މުއާހަދާއެކެވެ.

ކޮމެންޓް
ފަހުގެ
HDC