logoEN
WAMCO TOP 1
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ފަށައިފި، ރާއްޖޭގެ ވަފުދުން ޣައްޒާގެ ޙާލަތަށް އަޑުއުފުލާނެ!

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ފަށައިފި، ރާއްޖޭގެ ވަފުދުން ޣައްޒާގެ ޙާލަތަށް އަޑުއުފުލާނެ!

އަހުމަދު ޝުރާއު

logo

6/16/2026, 7:14:12 AM

# އދ.

-

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.

THE TRAVELLER AD

މި މަހުގެ 15 އިން ފެށިގެން އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން، އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ވަނީ ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން އެންމެފަހުގެ މުހިންމު ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ސަރުކާރުގެ ބޭރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ސެޝަންގެ ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ދިވެހިރާއްޖޭގެ ވަފުދުން ގައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަކީ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ގަރާރުގެ ކޯ ގްރޫޕުގެ މެމްބަރެއް ކަމުން، ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ޚާއްޞަ ގަރާރެއްވެސް ރާއްޖެއިން މި ސެޝަނަށް ހުށަހަޅާނެއެވެ.

މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެއިން ބޮޑު ކަންބޮޑުވުން ފާޅުކުރާނެއެވެ. ޚާއްޞަކޮށް، އިޒްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣާޒާގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކަށް އަލިއަޅުވާލައި، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ވަރަށް ވަރުގަދައަށް ވަކާލާތު ކުރާނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހުންނަވާއިރު، ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދާއި، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ހިމެނިވަޑައިގަންނަވައެވެ. ޖުމްލަ 47 މެންބަރުން ހިމެނޭ މި މަޖިލީހުގައި ރާއްޖޭގެ މެންބަރުކަމުގެ ދައުރު 2025 ވަނަ އަހަރު ހަމަވެފައިވީ ނަމަވެސް، ދުނިޔޭގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއެކޭ އެއްފަދައިން ސާބިތުކަމާއެކު ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC