logoEN
cocacola
ތިނަދޫ ކުނިކޮށްޓަށް ހައްލެއް، ރައްޔިތުންގެ އާދޭހަށް ނިމުމެއް

ތިނަދޫ ކުނިކޮށްޓަށް ހައްލެއް، ރައްޔިތުންގެ އާދޭހަށް ނިމުމެއް

# ގދ.ތިނަދޫ# ކުނިކޮށި

DSC_9748

އާބާދީގައި 12،000 އެއްހާ މީހުން ދިރިއުޅޭ، ސިޓީއެއްގެ ކުލަ ޖެހެމުން އަންނަ ގދ. ތިނަދޫ އަކީ އާބާދީގެ ނިސްބަތުން ރާއްޖޭގެ ފަސް ވަނަ އެވެ. ތަރައްގީގެ ކުލަބޮކި ދިއްލެމުން ނިވެމުން އައިސް އެންމެ ފަހުން މިހާރު އޮތީ ސިޓީއެއްގެ ދަރަޖަ ލިބޭ ހިސާބުގައެވެ. ސިޓީއެއްގެ ހައިބަތާއި ޝަރަފު ހޯދުމަށް އެކި ފަންތީގައި ރަށް ތަމްސީލުކުރާ ބޭފުޅުން ވަކާލާތު ކުރަމުންދާއިރު ރަށު ރައްޔިތުންގެ އެތައް ޝަކުވާއެއް އެބަހުއްޓެވެ. އެކަށީގެންވާ މިންވަރަށް ޚިދުމަތްތައް ނުލިބޭ ކަމުގެ ވާހަކައާއި، ދިރިއުޅުމުގެ އަސާސްތައް ފުރިހަމަ ނުވާ ކަމުގެ ޝަކުވާ އެވެ. ރަށުގައި ބިން އޮވެމެ، ގޯތި ދޫކުރަން ނޫޅޭ ކަމުގެ ޝަކުވާ އެވެ. މިހެން ގޮސް އެތައް ޝަކުވާ އެކެވެ.

ގޮސިޔާ

އޭގެ ތެރެއިންވެސް ފާހަގަކުރެވޭ ޒަމާންވީ ޝަކުވާއެއް އޮވެއެވެ. އެއީ އެރަށު ކުނިކޮށިން އަރާ ވިހަ ދުމުން ރަށުގެ ވައި ތަޣައްޔަރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގުލުގެ ވާހަކަ އެވެ. ތިނަދޫގެ ކުނިކޮށި މާފުށި ސަރަހައްދުގެ ހުޅަނގުފަރާތަށް ބަދަލު ކުރި ފަހުން މިވީ 22 ވަރަކަށް އަހަރު ދުވަހުގެ ތެރޭ ރައްޔިތުންގެ ފަރާތުން އެ ޝަކުވާ ނާންނަ ދުވަހެއް ނުދާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ފަހުން ފަހުން އައިސް އެކަންވީ އާދައަކަށްވި އުނދަގުލަކަށެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް އެކި ސަރުކާރުތަކުގައި، އެކި ލެވެލްގައި މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާތަނެއް ނުފެނެއެވެ.

undefined

ކުނި މެނޭޖް ކުރުމަށް ގަވާއިދުތަކެއް ހެދިފައިވީ ނަމަވެސް އާބާދީ ބޮޑު ރަށަކާ އަޅާ ބަލާއިރު ތިނަދޫގައި ކުނިކޮށްޓެއް ގާއިމްވެފައި ހުރި ސަރަހައްދަކީ އަލަށް ހިއްކި ސަރަހައްދު ހިމަނައިގެން ވަކާލާތު ކުރާ ކަމަށްވަނީނަމަ، ގާތްގަނޑަކަށް ރަށުގެ މެދާ ހިސާބެވެ. ވިސްނުމެއް ނެތި އޭރުގެ ވެރިން ނިންމި ނިންމުމެއްގެ ސަބަބުން ނިކަމެތި ރައްޔިތުންތަކަކަށް އޮތީ ތަކުލީފާއި ވޭނެވެ. ތަނަށް އެއްކުރެވޭ ކުނި ނައްތާލުމަށްޓަކައި އަލިފާން ރޯކޮށްލުމުން އެ ކުނިން އަރާ ވިހަ ދުމަށް ނޭވާލާ އެތައް އާއިލާއެއް އަދިވެސް ތިނަދޫ އެބަތިއްބެވެ. އެއާއިލާތައް ތިބީ އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދީ އިންތިޒާރެއްގައެވެ.

އެތައް ވެރިންނެއް ރަށަށްވެސް އިންތިޚާބުވެއްޖެ އެވެ. ރަށު ކައުންސިލްތަކުގެ ތިން ދައުރު ނިމިއްޖެ އެވެ. އެ ކައުންސިލްތަކުންވެސް އެއިރަކު ލިބެން ހުރި ވަސީލަތްތަކާއި އެހީތަކުގެ ޒަރިއްޔާގައި ތަނަށް ކުރިއެރުންތަކެއް ހޯދައިދިނެވެ. ނަމަވެސް ދާއިމީ ހައްލެއް ހޯދައި ނުދެވެއެވެ. މިފަހަރު ތިނަދޫ ކައުންސިލުން އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ފަށާފައިވަނީ "ނުގުޑާނެ" ފަދަ އަޒުމެއްގައެވެ.

undefined

ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ކުނިކޮށީގެ ދުމުން ވާ ގެއްލުމާއި އަސަރު ނައްތައިލުމަށް ވަރަށް ބޮޑު މަޝްރޫއެއް ފައްޓަވާފައިވާ ކަމަށެވެ. އެއީ އެތަނުގައި އިންސިނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތެވެ. މީގެ ކުރިން ތިނަދޫއަށް އިންސިނަރޭޓަރެއް ގެނައުމަށްޓަކައި ބޯޓަށް އެރުވި ވާހަކައެއް ނިކަން ގަދަ އަށް ދެކެވުނެވެ. ނަމަވެސް އެއަށް ފަހުން ވީ ކިހިނެއް ކަމެއް ނޭނގެ އެވެ. އޭރުވެސް އެ މެޝިނަކީ ތިނަދޫއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ހައްލެއް ކަމުގައި ގިނަ ބަޔަކު ދެކުނެވެ.

އިންސިނަރޭޓަރު ބެހެއްޓުމަށް ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިހާރު މަސައްކަތް އެބަ ކުރެވޭ. ފުރަތަމަ މި ޖެހެނީ ތަން ރެޑީ ކުރަން. ކުރުމަށްފަހު މެޝިން ބެހެއްޓޭނީ ---- ތިނަދޫ ރައީސް، ސައުދު އަލީ

ސައުދު ވިދާޅުވި ގޮތުގައި ތިނަދޫއަށް ގެންނަ އިންސިނަރޭޓަރަކީ ދުން ނާރާ މެޝިނެކެވެ. އޭގެ އެންމެ ފުރިހަމަ ބާރުގައި ކުނި ނައްތާލާއިރު ދުން ނާރާނެ ކަމުގެ ޔަގީންކަން ސައުދު ދެއްވި އެވެ. އަދި އެއީ ޖާގައިގެ ގޮތުން ބޮޑު މެޝިނެއް ކަމަށްވާތީއާއެކު އެ މެޝިން ބަހައްޓާނެ ސްޓޭޝަނެއް ހެދުމާއި އެއަށް ބޭނުންވާ ތްރީ ފޭސް ކަރަންޓު ލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

undefined

މިހާރު މެޝިން ހުރީ ފުވައްމުލަކުގަ. ކުނިކޮށީގަ މިހާރު ފަށާފައިވާ މަސައްކަތްތައް ނިމުމުން މެޝިން ގެނެސް ޖެހޭނީ ވަގުތުން ގުޅާލަން. މެޝިން ނުގެނެސްގެން އުޅެނީ އެ ގެނެސް ޖެޓީ މަތީގައި ދަބަރަށް ވާން ބަހައްޓަން ބޭނުން ނުވާތީ. މަސައްކަތް ނިމުމުން އެ ގެންނާނަން. މި އިންސިނަރޭޓަރު އަޅުގަނޑު ބަހައްޓާނަން --- ތިނަދޫ ރައީސް، ސައުދު އަލީ

ތިނަދޫ ރައީސްގެ ޖަވާބާ އެކު ތިނަދޫ ރައްޔިތުންނަށް އަނެއްކާވެސް ލިބިގެން ދަނީ އައު އުއްމީދެކެވެ. އިންސިނަރޭޓަރެއްގެ އެހީއާއެކު ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަށް ހައްލު ލިބޭނެ އެވެ. ތިނަދޫ ރައީސްގެ އަމާޒަކީ އެހެން ހުރި އެކި ކަންކަމަށް، ހައްލު ހޯދައި ދީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ