logoEN
cocacola
ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 120،000 މައްޗަށް

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 120،000 މައްޗަށް

# ވެކްސިން# ބޫސްޓަރ# ކޮވިޑް-19

big_4pMJgMEwy9KzjKdUi6TD9IhUt

ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ބޫސްޓާ ޑޯޒް ނުވަތަ ތިންވަނަ ޑޯޒް ރާއްޖެ އިން ޖެހި މީހުންގެ އަދަދު120،000 އިން މައްޗަށް އަރައިފި އެވެ،

ގޮސިޔާ

އެޗްޕީއޭއިން ރޭ އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 398،088 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 370،765 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ހަަމައެއާއިއެކު ތިން ވަނަ ޑޯޒް 120،119 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. ނަމަވެސް މިހާރު 18 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިނަށް ހުޅުވާލާފައެވެ.

ރާއްޖޭގައި "އޮމިކްރޯން" ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެން ފެށުމުން އެޗްޕީއޭއިން އެޅި ފިޔަވަޅުތަކަށް މިއަދުން ފެށިގެން ވަނީ ލުއި ދީފައެވެ. ލުއި ދީފައިވަނީ ފައްސި އަދަދު ބޮޑުތަނުން މަދުވުމާއެކުގައެވެ. އެގޮތުން މާލެއިން އަތޮޅުތެރޭ ރަށްރަށް ދަތުރުކުރުމުގައި ޕީސީއާރު ނަތީޖާ މަޖުބޫރުކޮށްފައި އޮތްއޮތުން ވަނީ މިއަދުން ފެށިގެން އުވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ