logoEN
cocacola
ކަނޑުހުޅުދޫ ގޯތިތައް މިއަދު ހަވާލުކުރަނީ

ކަނޑުހުޅުދޫ ގޯތިތައް މިއަދު ހަވާލުކުރަނީ

# ބޯހިޔާވަހިކަން# ގއ. ކަނޑުހުޅުދޫ# ގޯތި# ބަންޑާރަ ގޯތި

kanduhulhudhooo

ގއ. ކަނޑުހުޅުދޫ ގޯތިތަކަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިއަދު ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ގޮސިޔާ

ކަނޑުހުޅުދޫ ކައުންސިލުން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ، އެރަށުން ދޫކުރުމަށް ނިންމާފައިވާ 25 ބަންޑާރަ ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި ގޯތިތައް ހަވާލުކުރުން މިއަދު އޮންނާނެކަމަށެވެ. އެގޮތުން ގޯތި ހަވާލުކުރުމުގެ ގުރުއަތުލުން 20 ފެބުރުއަރީ 2022 ވާ އާދީއްތަ ދުވަހު 13:30 ކައުންސިލް އިދާރާގައި އޮންނާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ޕޮއިންޓް ޝީޓް އާއެކު އެރަށު ކައުންސިލުން ކުރި އިއުލާނުގައ ވަނީ، ޕޮއިންޓްޝީޓުން އެންމެ މަތިން މާކްސް ލިބުނު 25 ފަރާތުން ގުރުއަތުލުމުގައި ބައިވެރިވުމަށް އެދިލައްވާފައެވެ.

ކަނޑުހުޅުދޫ ކައުންސިލުން ގޯތިތަކަށް އިއުލާނުކުރީ 2021 ވަނަ އަހަރު އޭޕްރިލް މަސް ތެރޭގައެވެ. 25 ގޯއްޗެއް ދޫކުރާއިރު ގޯތިތަކުގެ ބޮޑުމިނަކީ 1500 އަކަފޫޓާއި 2000 އަކަފޫޓުކަމަށް ކަނޑުހުޅުދޫ ކައުންސިލުން ބުނެއެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ