
މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި
# ބޯހިޔާވަހިކަންPh_1_Res_Dev-e1609171785555
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު 35,800 އަށްވުރެ ގިނަ ފޯމް ހުށައަޅައިފިއެވެ.

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހަމަވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 00:00 ގައެވެ.
މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލުމާއެކު އެތައް ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ސުންގަޑި ހަމަވިއިރު އެތައް ހާސް ފޯމެއް ހުށައަޅާފައިވެއެވެ.
މީގެ ތެރޭގައި މާލޭގައި މިވަގުތު ތިބި މީހުންގެ އިތުރަށް ރާއްޖޭން ބޭރުން 64 ޤައުމެއްގައި ތިބި ދިވެހިންވެސް ޕޯޓަލް މެދުވެރިކޮށް ވަނީ ފޯމް ހުށައަޅާފައެވެ. މިގޮތުން ސުންގަޑި ހަމަވިއިރު 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް 15،164 ފޯމު ހުށައަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ ގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ ޕޯޓަލްއަށް ފޯމް ހުށައަޅާ ހިސާބުން ފެށިގެން ފޯމްތައް އިވެލުއޭޓްވަމުން ދާނެކަމަށާއި، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފައިނަލް ވެރިފިކޭޝަން މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ ރައްޔިތުންގެ އިތުބާރު ލިބޭނެހެން އިންސާފުވެރިކަމާއެކުގައިކަމަށް އާރިފް ވިދާޅުވިއެވެ.
"ކޮންމެ ރައްޔިތަކަށްވެސް އެންމެ ފަސޭހަ ގަޑީގައި ފޯމް ސަބްމިތް ކުރުމުގެ ފުރުޞަތު ހޯދާދެވިފައިވަނީ.. ޕޯޓަލް ފަރުމާކޮށްފައިވަނީ ފޯމް ސަބްމިޓް ކުރުމަށްފަހު އެވަގުތުންފެށިގެން އިވެލުއޭޝަންގެ މަސައްކަތްތައް އެދަނީ ކުރިއަށް. ފައިނަލް ވެރިފިކޭޝަން ހެދުމަށްޓަކަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ." ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.
ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.
ގުޅުންހުރި

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި

އެމްއޭސީއެލްގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި
