
ކަނޑުހުޅުދޫ ކައުންސިލްގެ ހުއްދަނެތި މުބާރާތްތަކުގައި ބައިވެރިވާނަމަ ފިޔަވަޅު އަޅަން ނިންމައިފި
# ގއ. ކަނޑުހުޅުދޫގއ ކަނޑުހުޅުދޫ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓ: ކަނޑުހުޅުދޫ ކައުންސިލް
ގއ ކަނޑުހުޅުދޫ ކައުންސިލްގެ ހުއްދަ ނެތި އެރަށް ތަމްސީލުކުރުމަށް މުބާރާތްތަކުގައި ބައިވެރިވާނަމަ ފިޔަވަޅު އެޅުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, ރާއްޖޭގެ އެކި ފެންވަރުގައި ބޭއްވޭ ކުޅިވަރު އަދި އެހެނިހެން މުބާރާތްތަކުގައި އެރަށް ތަމްސީލު ކުރާނަމަ މުބާރާތުގައި ބައިވެރިވުމުގެ ކުރިން ކައުންސިލާއި މަޝްވަރާކުރުމަށެެވެ.
އަދި ކައުންސިލްގެ ހުއްދައަކާ ނުލައި ރަށުގެ ނަމުގައި ބައިވެރިވާ ނަމަ, ރަސްމީކޮށް އެފަދަ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކާއި ގުޅިގެން ކައުންސިލުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން ނެރުނު އިއުލާނުގައި ވިދާޅުވެފައިވެއެެވެ.
އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 30 ޖަަނަވަރީ 2024 ގައި ބޭއްވުނު ކައުންސިލްގެ 2024 ވަނަ އަހަރުގެ 05 ވަނަ އާންމު ބައްދަލުވުމުގައެވެ. ނަމަވެސް މިގޮތަށް ނިންމާފައިވަނީ ކީއްވެކަމެއް އެކައުންސިލުން ހާމަކޮށްފައިނުވެއެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫން މީހަކު ހައްޔަރުކޮށްފި

ކަނޑުހުޅުދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނަން - ރައީސް

އެމްއެންޑީއެފް އިން ކަނޑުހުޅުދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގައިފި




