logoEN
Sto top
ފެނަކައިން ޒުވާނުން ތަމްރީނުކުރަނީ

ފެނަކައިން ޒުވާނުން ތަމްރީނުކުރަނީ

# ޒުވާނުން# ތަމްރީން# ފެނަކަ

FLoCL3DUYAEamdo

ޒުވާނުން ތަމްރީން ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ޔޫތު މިނިސްޓްރީއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފި އެވެ.

Wamco

ފެނަކައިން ބުނީ، މިއަދު ސޮއި ކުރެވުނު ފަހުމްނާމާއަކީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ލެވެލް 3 ގެ ސަނަދު ލިބިގެންދާ ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު ވެވޭ އެއްބަސްވުމެއް ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާއި އެއްގޮތަށެވެ.

މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 ފަރާތެއް ތަމްރީންވެގެން ދާނެކަމަށް ފެނަކައިން ބުނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ މިފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެއްކަމަށް ފެނަކަ އިން ފާހަގަކުރެއެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެެވެ.

ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC