logoEN
Sto top
"ސަޅި ފެސްޓް 2025" މާދަމާ ފަށަނީ

"ސަޅި ފެސްޓް 2025" މާދަމާ ފަށަނީ

ހުސައިން އަހްމަދު

logo

11/26/2025, 11:33:50 AM

# ޔޫތު މިނިސްޓްރީ# ޒުވާނުން# ސަޅި ފެސްޓިވަލް

ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް 2025" މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Wamco

މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27، 28، 29 ގައި ޔޫތު ހަބްގައެވެ.

ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ލައިވް ޝޯތައް ވެސް މި ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެއެވެ.

މިއީ ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ދެކެއެވެ.

ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ލިމިޓެޑް ސްލޮޓްތަކެއް ކަނޑައަޅާފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

އެޕްލިކޭޝަން ފޯމް: https://forms.gle/dLXXrVUC81zm8fHe8 ލިބެން ހުންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC