logoEN
Sto top
ފައިސަލް، ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

ފައިސަލް، ފުޓްބޯޅަ ކުޅުން ހުއްޓާލަނީ

# ގައުމީ ޓީމް# ފައިސަލް# ފުޓްބޯޅަ# ކުޅިވަރު

Screenshot_202021-11-03_20at_2014.54.35-1635933299835_rb0rjo

ރާއްޖޭގެ އެއްނަންބަރު ކީޕަރު މުޙައްމަދު ފައިސަލް ފުޓްބޯޅަ ކެރިއަރު ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

Wamco

ސޯޝަލް މީޑިއާގައި ފައިސަލް އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޓްބޯޅަ ކެރިއަރު ހުއްޓާލުމަށް ތައްޔާރުވަމުން އަންނަކަމަށާއި، އެކަމުގެ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.

ފައިސަލް ވަނީ ދިވެހި ފުޓްބޯޅާގައި ހަގީގަތް ނޭނގޭ، ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށް ކުޅުން ހުއްޓާލާ ދުވަހު އެކަންތައްތައް މީޑިއާތަކަށް ތިލަ ކޮށްދޭނެކަމަށް ބުނެފައެވެ.

" ލޯބިވާ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑު މިހާރު ތައްޔާރުވަމުން މިދަނީ އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރު ހުއްޓާލަން. ސަބަބުތައް ވަރަށް ގިނަ. އަޅުގަނޑު ފުޓްބޯޅަ ކެރިއަރު ހުއްޓާލާދުވަހު އަޅުގަނޑަށް ގުޅާ ކޮންމެ ނޫހަކަށް އަޅުގަނޑުގެ ތަޖުރިބާ ރާއްޖޭގެ ފުޓްބޯޅައިގެ ހަގީގަތް ވަރަށް ރަނގަޅަށް ހިޔައިދޭނަން. ދިވެހި ފުޓްބޯޅަދެކެ ލޯބިވާ އެތައް ބަޔަކަށް ނޭނގޭ އެތަކެއް ހަގީގަތެއް އަޅުގަނޑު ހާމަކޮށްދޭނަން" މުޙައްމަދު ފައިސަލް

އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2006 ވަނަ އަހަރުގައި ކްލަބް "އޯލް ޔޫތު ލިންކޭޖް"އިންނެވެ. ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފައިސަލް މިހާރު ކުޅެމުން އަންނަނީ ކްލަބް ވެލެންސިއާ އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside