logoEN
cocacola
ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ލައްކައަކަށް!

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ލައްކައަކަށް!

އަހުމަދު ޝުރާއު

logo

2/11/2022, 4:50:53 PM

# ވެކްސިން# ކޮވިޑް-19# ބޫސްޓާރ ޑޯޒް

file_lacecj

ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ބޫސްޓާ ޑޯޒް ނުވަތަ ތިންވަނަ ޑޯޒް ރާއްޖެ އިން ޖެހި މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

ގޮސިޔާ

އެޗްޕީއޭއިން ރޭ އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 397،872 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 370،359 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ހަަމައެއާއިއެކު ތިން ވަނަ ޑޯޒް 101،088 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. ނަމަވެސް މިހާރު 18 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިނަށް ހުޅުވާލާފައެވެ.

މިހާރު ކޮންމެ ދުވަހަކު ވެސް ތިން ހާހެއްހައި މީހުން އަންނަނީ ބޫސްޓާ ޑޯޒް ޖަހަމުންނެވެ. މާލޭގެ ވެކްސިން ސެންޓަރުތަކުންނާއި އަތޮޅު ތެރޭގެ ބައެއް ސެންޓަރުތަކުން މިހާރު އެޕޮއިންޓްމަންޓް ހެއްދުމެއް ނެތި ވެކްސިން ޖެހޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ