logoEN
cocacola
ބޫސްޓަރ ޑޯޒް ޖެހުމަށް ކިއު ނަންބަރު ދޫކުރަން ފަށައިފި

ބޫސްޓަރ ޑޯޒް ޖެހުމަށް ކިއު ނަންބަރު ދޫކުރަން ފަށައިފި

# ވެކްސިން# ކޮވިޑް-19

Covid Vaccine

ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ނުވަތަ ތިންވަނަ ޑޯޒް ޖެހުމަށް ކިއު ނަންބަރު ދޫކުރަން ފަށައިފި އެވެ.

ގޮސިޔާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޮންލައިންކޮށް (ކިއުބީ މެދުވެރިކޮށް) ކިއު ނަންބަރު ދޫކުރަމުންދާނެ ކަމަށެވެ. އަދި ބޫސްޓަރ ޑޯޒް ޖަހައިދެނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޫސްޓަރ ޑޯޒް ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. މިހާރު ބޫސްޓަ ވެކްސިން ޝޮޓްތައް ދެމުން އަންނަނީ އުމުރުން 50 އަހަރުން މަތީ މީހުންނަށާއި ފްރަންޓްލައިންގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށެވެ. މިހާތަނަށް ބޫސްޓަރ ޑޯޒް ގޮތުގައި 9500 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ. ބޫސްޓަ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރަނީ ފައިޒާ ވެކްސިނެވެ.

ބޫސްޓާ ޑޯޒް ޖަހައިދެމުން ދަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ