logoEN
cocacola
މިއަދު ތިނަދޫއަށް ކައްކާގޭސް ލިބޭނެ - ވެލްކޯ

މިއަދު ތިނަދޫއަށް ކައްކާގޭސް ލިބޭނެ - ވެލްކޯ

އަހުމަދު މާހު

logo

11/20/2021, 2:35:07 PM

# ވެލްކޯ# ކައްކާ ގޭސް

welco

މިއަދުގެ ވަގުތެއްގައި ގޭސް ދޯނި ތިނަދޫއަށް ބަނދަރުކުރާނެކަމަށް ތިނަދޫއަށް ގޭސް އެތެރެކުރާ ވެލްކޯ ޝިޕިން އެންޑް ޓްރޭޑްއިން އިން ބުނެފިއެވެ.

ގޮސިޔާ

ވެލްކޯގެ އޮފިޝަލަކު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އިރުއޮއްސޭކަންހާއިރު ގޭސްދޯނި ތިނަދޫއަށް ބަނދަރުކުރާނެކަމަށެވެ.

ތިނަދޫއިން ގޭސް ހުސްވެފައިވުމާއެކު ރައްޔިތުންގެ ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ވެލްކޯ އިން ބުނީ ތިނަދޫއިން ކައްކާ ގޭސް ހުސްވުމުގެ ކުރިން ގޭސް ގެނައުމުގެ މަސައްކަތް އެކުންފުނިން އަބަދުވެސް ކުރާ ކަމަށާއި ނަމަވެސް މިފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ފަތުރު ކުރުމުގައި ހުރި ދަތިތަކާއި އެކު ގޭސް ހިފައިގެން ތިނަދޫއަށް ފުރަން އޮތް ބޯޓު ފުރުމުގައި ލަސްތަކެއް ދިމާވީކަމަށެވެ.

"ލަފާކުރެވޭ ގޮތުގައި މިއަދު ހަވީރު 5:30ގައި ދޯނި ތިނަދޫއަށް ބަނދަރުކުރާނެ" ވެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ގޭސް ފޯރުކޮށްދިނުމުގައި ސްޓޮކަށް ދިމާވާ ދަތިތަށް މޯލްޑިވްސް ގޭސް މެދުވެރިކޮށް ހައްލުކޮށް ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެލްކޯއިން ކޮންމެ ހަފްތާއަކު ތިނަދޫއަށް ބޭނުންވާ ވަރަށް ގޭސް އަންނަނީ ސަޕްލައި ކުރަމުންނެވެ. އެކުންފުނިން މައުލޫމާތު ދޭގޮތުގައި ހަފްތާއެއްގެ މައްޗަށް ތިނަދޫއަށް 500 ފުޅި ގޭސް ތިނަދޫއަށް ބޭނުންވާ އިރު ބޭނުންވާ ވަރަށްވުރެ ގިނައިންވެސް އަންނަނީ ސަޕްލައި ކުރަމުންނެވެ. ނަމަވެސް ގޭސް ސަޕްލައި ކުރަމުން އަންނަނީ ކަނޑުމަގުން ކަމަށްވާތީ މޫސުން ގޯސްވުމާއި ގުޅިގެން ދަތިތަކާއި ކުރިމަތިލާންޖެހުމަކީ ވެލްކޯއިން ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ