logoEN
cocacola
ފަރެސްމާތޮޑާވެސް މޮނީޓަރިންގ ހާލަތަށް

ފަރެސްމާތޮޑާވެސް މޮނީޓަރިންގ ހާލަތަށް

އަހުމަދު ޝުރާއު

logo

11/14/2021, 9:25:05 AM

# ފަރެސްމާތޮޑާ

Faresmaathoda

ގއ ފަރެސްމާތޮޑާގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

ގޮސިޔާ

ފަރެސްމާތޮޑާ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ ރޭ ދަންވަރުއެވެ. އެކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިހާރު ވަނީ އެރަށު ކައުންސިލަށް ރަސްމީކޮށް އަންގާފައެވެ.

އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާކަން އަންގާ ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި އެދެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ފަރެސްމާތޮޑާ އެއްވެސް މީހަކު ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމެއްކަމަށް އެޗްޕީއޭގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ އާންމު ހުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެރަށުން އިތުރު 5 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި އެވެ. އެގޮތުން ފައްސިވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އެރަށުން ކުރިން ފައްސިވި ކޭސްތަކުގެ ކޮންޓެކްޓްސް ގޮތުގައި ފާހަގަކުރުވުނު ފަރާތްތަކެވެ.

އެރަށުން އިއްޔެ ފެނުނު ކޭސްތަކާއި އެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 21 އަށް އަރާފައި އެވެ.

އެރަށުން މިފަހުން ފެންނަ ކޭސްތަށް ފުރަތަމަ ފެނިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. މިމަހުގެ 8 ވަނަ ދުވަހު އެރަށުން ފެނުނު ކޭސްއަކީ މިމަހުގެ 6 ވަނަ ދުވަހު އެރަށުން ނެގުނު ފްލޫ ސާމްޕަލެކެވެ. އެއީ އެރަށުގެ މަސްދޯންޏެއްގެ ފަޅުވެރިއެކެވެ. އަދި މިހާތަނަށް އެދޯނީގެ ގިނަ ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ