logoEN
cocacola
ކާގޯ ފެރީގެ ރޫޓަށް ކޫއްޑޫ ހިމަނައިދެއްވުމަށް މެމްބަރު ޔައުޤޫބް ގޮވާލައްވައިފި

ކާގޯ ފެރީގެ ރޫޓަށް ކޫއްޑޫ ހިމަނައިދެއްވުމަށް މެމްބަރު ޔައުޤޫބް ގޮވާލައްވައިފި

# ކާގޯ ފެރީ# ގއ. ކޫއްޑޫ# ދާންދޫ ދާއިރާގެ މެމްބަރު، ޔައުޤޫބް އަބްދުالله

yaugoob

އިންޑިއާ އިން ކަނޑުމަގުން މުދާ ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށާފައިވާ މަސައްކަތުގެ ދަށުން އިންޑީއާގެ ޓުޓިކޮރިން އިން ރާއްޖެއަށް އަންނަ ކާގޯ ބޯޓުގެ މަންޒިލްތަކުގެ ތެރެއަށް ގއ. ކޫއްޑޫގެ ބަނދަރު ހިމަނައިދެއްވުމަށް ދާންދޫ ދާއިރާގެ މެމްބަރު، ޔައުޤޫބް އަބްދުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ގޮސިޔާ

މެމްބަރު ޔައުޤޫބް މިފަދައިން ގޮވާލެއްވީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވި، ޤަރާރަކަށް ބަހުސް ކުރެއްވުމުގެ ތެރެއިންނެވެ. މެމްބަރު އަޙްމަދު ސަލީމް ހުށަހެޅުއްވި ގަރާރަކީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހެޅުއްވި ޤަރާރެކެވެ.

އެ ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޔައުޤޫބް ވިދާޅުވީ، ކޫއްޑޫއަކީވެސް ރާއްޖޭގެ ނިސްބަތުން ބަލާއިރު އިންޓަނޭޝަނަލް ބިޔަ ބަނދަރެއް އޮތް ތަނެއް ކަމަށެވެ. އަދި އެ ބަނދަރަކީ ރާއްޖެއިން ބޭރަށް މުދާ ބޭރުކުރުމާއި، ރާއްޖެއިން ބޭރުން މުދާ އެތެރެވެސް ކުރާ ތަނެއްކަމުގައި ޔައުގޫބް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު މިދިޔަ ހަފްތާ ބަންދުގަވެސް މިއައީ އެ ސަރަހައްދުން. އައި އިރު، ކޫއްޑޫ ބަނދަރުގަ ބޮޑު އާގު ބޯޓެއް އޮތް. އިމިގްރޭޝަނާއި ކަސްޓަމްސްއާއި އެމްޕީއެލްއާ އަދި އެނޫންވެސް ގުޅުން ހުރި އިދާރާތަކުން އެ ބޯޓުގެ ކްލިއަރިން ކަންކަން ކުރަމުންދިޔަތަން އަޅުގަނޑު ދުށިން --- ދާންދޫ ދާއިރާގެ މެމްބަރު، ޔައުޤޫބް އަބްދުالله

އެކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން މެމްބަރު ޔައުޤޫބް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިންޑިއާއާއި ސްރީލަންކާއިން މުދާ ގެނައުމަށް ސަރުކާރުން ފަށާފައިވާ ކާގޯ ފެރީގެ ޚިދުމަތުގެ ރޫޓަށް ކޫއްޑޫ ހިމެނުމަށް އިތުރު އެއްވެސް ޚަރަދެއް ނުދާނެ ކަމަށެވެ.

ސަރުކާރުގެ އެއްވެސް ޚަރަދެއް ނެތި އެ ރޫޓަށް ކޫއްޑޫވެސް ބޭނުން ކުރެވޭނެ ތަނެއްކަން. އަޅުގަނޑު ސަރުކާރަށް ގޮވާލަން. އެ ރޫޓުގެ ތެރެއަށް ކޫއްޑޫ ހިމަނައިގެން ހުވަދޫ އަތޮޅުގެ ދެބަޔަށްވެސް، އުތުރާއި ދެކުނަށްވެސް ފަސޭހައިން މުދާ ލިބޭނެ ގޮތް ހަމަޖައްސައިދިނުން. ކޫއްޑޫގައި މިޚިދުމަތް މިހާރު އިތުރު ޚަރަދާ ނުލާ ކުރެވެން އޮތް ކަމެއް. އިތުރު އެއްވެސް އިންވެސްޓަކާ ނުލާ މިހާރުން މިހާރަށް ކުރެވެން އޮތް ކަމެއް ---- ދާންދޫ ދާއިރާގެ މެމްބަރު، ޔައުޤޫބް އަބްދުالله

ޔައުޤޫބް ވިދާޅުވީ ކޫއްޑޫއަކީ އެ ދާއިރާއިން ތަރައްގީ ކުރެވޭނެ، ހުރިހާ ވަސީލަތްތައް ފުރިހަމަ ވެފައި އޮތް ތަނެއް ކަމަށެވެ.

އެސްއެމްއެސްއެސްގެ ކާގޯ ފެރީގެ ރޫޓު މިހާރު އޮންނަ ގޮތުން ހުވަދު އަތޮޅުގައި އެ ފެރީ މަޑު ކުރާނީ ހަމަ އެކަނި ގދ. ތިނަދޫގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ