logoEN
cocacola
ކޫއްޑޫ ފިޝަރީސްއަށް ސީނިއަރ ސުޕަވައިޒަރެއް ހޯދަނީ

ކޫއްޑޫ ފިޝަރީސްއަށް ސީނިއަރ ސުޕަވައިޒަރެއް ހޯދަނީ

އައިޝަތު އިފާޝާ

logo

10/21/2021, 11:05:28 PM

# ގއ. ކޫއްޑޫ# ކޫއްޑޫ ފިޝަރީސް

kooddoo

މިފްކޯގެ ދަށުން ގއ. ކޫއްޑޫގައި ހިންގަމުން އަންނަ ކޫއްޑޫ ފިޝަރީސްއަށް ސީނިއަރ ސުޕަވައިޒަރެއް ހޯދަން އިއުލާންކޮށްފިއެވެ.

ގޮސިޔާ

މި މަޤާމްގެ މުސާރައަކީ 10،480 ރުފިޔާއެވެ. އިތުރު ގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބޭނެ ކަމަށް ބުނެފައިވެއެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ.

އެ މަޤާމަށް ހުށަހަޅާ މީހުންގެ ތެރެއިން ވަޒީފާއަށް މީހަކު ހޮވުމުގައި އިސްކަން ދޭނީ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ބާއްވާ އިންޓަވިއުއަށް ބަލައިގެން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މަޤާމުގެ ޝަރުތު:

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށްފައިވުން.

ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މީގެ އިތުރުންވެސް މިފްކޯއިން ވަނީ އެ ކުންފުނީގެ އެކި ސެންޓަރުތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ގެޒެޓުގައި އިއުލާންކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ