
ވާދޫ އަދި ގައްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުތަކުގެ މަސައްކަތް މިމަސް ތެރޭގައި ބަޔަކަށް އެވޯޑްކުރެވޭނެ: މިނިސްޓަރ
# ވާދޫ# ގދ.ގައްދޫFDKWTZuVgAAUFLt
ގދ ވާދޫ ސްކޫލުގެ ކްލާސްރޫމް ބްލޮކާއި މަލްޓިޕާޕަސް ހޯލް އަދި ގދ ގައްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް މިމަސްތެރޭގައި ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އައިޝަތު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި އެކު ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ގދ ވާދޫ ސްކޫލުގެ ކްލާސްރޫމް ބްލޮކާއި މަލްޓިޕާޕަސް ހޯލް އަދި ގދ ގައްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހަމަނާފައިވީ ނަމަވެސް ނުފެށި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. އަދި މެމްބަރު ވަނީ މިމަސައްކަތްތަށް ލަސްވާ ސަބަބު ހޯދުމަށް މިނިސްޓަރާއި ސުވާލުކުރައްވާފައި އެވެ.
މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގދ ވާދޫގެ ކްލާސްރޫމް ބްލޮކްގެ މަސައްކަތާއި މަލްޓި ޕާޕަސްހޯލުގެ މަސައްކަތް ލަސްވެފައިވަނީ އެމަސައްކަތް ހަވާލުކުރުމަށް ނިންމި ކޮންޓްރެކްޓަރުގެ މައްސަލަތަކެއް އެވެލުއޭޝަންގައި ފާހަގަވުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެމައްސަލަ ހައްލުކޮށް މިމަހުގެ 8 ވަނަ ދުވަހު އެމަސައްކަތް ކޮންޓްރެކްޓަރަކަށް އެވޯޑްކުރުމަށް ނިންމާފައިވާކަންވެސް މިނިސްޓަރވަނީ ހާމަކުރައްވާފައި އެވެ.
ވާދޫގެ އިތުރުން ގައްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތްވެސް މިމަސް ތެރޭގައި ބަޔަކަށް އެވޯޑްކުރެވިގެންދާނެކަންވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައި އެވެ. ނަމަވެސް އެ މަސައްކަތް އެވޯޑްކުރެވޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.
2021 ވަނަ އަހަރުގެ ބަޖެޓުގައި ވާދޫ ސްކޫލުގައި 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުމަށް 1.8 މިލިއަން ރުފިޔާ ވަނީ ހިމަނާފައި އެވެ. އަދި ގައްދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް 1.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައި އެވެ.
ގުޅުންހުރި

މިރޭގެ އިޙްޔާ ފޯރަމް ގދ. ގައްދޫގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާން!

މެޗުގެ އެންމެ ފަހުވަގުތު ފިޔޯރީ ރޮއްވާލުމަށްފަހު ގައްދޫ ސެމީފައިނަލުން ޖާގަހޯދައިފި

ގައްދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
