logoEN
Sto top
ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އަވަހާރަވެއްޖެ

އަހުމަދު ޝުރާއު

logo

6/10/2025, 9:13:29 AM

# ގދ.ގައްދޫ

-

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އަވަހާރަވެއްޖެ އެވެ.

Wamco

މައުލޫމާތު ލިބިފައިވާގޮތުގައި އަހުމަދު ރަޝީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

އެގޮތުން އޭނާ އަވަހާރަވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކުރީގެ މެމްބަރު ރަޝީދު އަކީ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ގައްދޫ ދާއިރާގެ މެމްބަރުކަން އަދާކުރެއްވި ބޭފުޅާއެވެ. އަދި މަޖިލީހުގެ ދައުރު ނިމުމަށްފަހުވެސް ޕީޕީއެމް، ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ރަޝީދު ވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި އެވެ.

މީގެ އިތުރުން ރަޝީދު އަކީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ސެނެޓަރެއްވެސް މެއެވެ.

ރަޝީދުގެ ކުއްލި ވަކިވުމާއި އެކު ގިނަ ބަޔަކު އަންނަނީ ރަޝީދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ. އެގޮތުން ރަޝީދު އާއި މަޖިލީހުގެ 18 ވަނަ ދައުރުގައި ވަރަށް އަަރިސްކޮށް މަސައްކަތްކުރެއްވި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝީދު އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާ އަސަރާއެކު ކަމަށާއި މަރުޙޫމް އަޙްމަދު ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ މީހުނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެއް ކަމަށެވެ. އަދި މަރުޙޫމް އަޙްމަދު ރަޝީދުވަނީ ޕީޕީއެމް/ޕީއެންސީއަށް އަގު ނުކުރެވޭ ފަދަ ގިނަ މަސައްކަތްތަކެއް ކޮށް ދެއްވާފައިކަންވެސް ވަނީ ފާހަގަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside