logoEN
WAMCO TOP 1
ކޯޓުގެ ހުރުމަތް ކެނޑުމުން ނޫސްވެރިޔާ ލީވާން އަދި ޝަހުޒާން ޖަލަށް!

ކޯޓުގެ ހުރުމަތް ކެނޑުމުން ނޫސްވެރިޔާ ލީވާން އަދި ޝަހުޒާން ޖަލަށް!

# ކްރިމިނަލް ކޯޓު

-

"އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާން އަދި ލީވާން އަލީ ނަސީރު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

THE TRAVELLER AD

ވަކިވަކިން ބެލި މި ދެމައްސަލައިގައި، ލީވާން އަލީ ނަސީރުއަށް ވަނީ 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހްޒާންއަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ދެ ނޫސްވެރިންނަށްވެސް ހުކުމްކޮށްފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެވެ.

ޝަހްޒާން ކޯޓު އަމުރާ ހިލާފުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޝަހްޒާން ވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކޮށްފައެވެ. އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު އަށް ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފަށް ލިޔުނު ހަބަރަކާއި ގުޅިގެންނެވެ.

އަދަދު ނޫހުން އާއްމުކުރި ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ އާދީއްތަ ދުވަހު އެވެ.

އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC