logoEN
WAMCO TOP 1
މަހުމޫދުގެ މަރު - ރައްޔިތުން ތުހުމަތު ކުރި މީހުން ހައްޔަރުކުރީ ޑްރަގް ޓްރެފިކިން މައްސަލައެއްގައި

މަހުމޫދުގެ މަރު - ރައްޔިތުން ތުހުމަތު ކުރި މީހުން ހައްޔަރުކުރީ ޑްރަގް ޓްރެފިކިން މައްސަލައެއްގައި

އަޙްމަދު ޖަމީލު

logo

10/20/2021, 8:25:30 PM

# އއ. ދަނގެތި# މަހްމޫދުގެ މަރު

large_16343227284424xg

މިދިޔަ ބުރާސްފަތި ދުވަހު އއ ދަނގެތީގެ ފަޅު ގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރުގެ މަރާ ގުޅުމެއްވާ ކަމަށް އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރާ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ކަން ހާމަވެއްޖެ އެވެ.

THE TRAVELLER AD

އެމައްސަލާގައި ރައްޔިތުން ތުހުމަތު ކުރީ އއ. ތޮއްޑޫއިން އެރަށަށް ދިޔަ ދެ ޒުވާނެއްގެ މައްޗަށެވެ. އެއީ އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، 31 އާއި ހަމަ އެ ގޭ ޝާރިހް އަލީ، 20 އެވެ.

މަހުމޫދުގެ މަރުގައި އެ ދެ މީހުންގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވިގެން ދަނގެތީގެ ރައްޔިތުން އެ ދެ މީހުން ހޯދައި، ފުލުހުންނާ ހަވާލުކުރިއެވެ. އަދި ފުލުހުންގެ ހިމާޔަތުގެ ދަށުން، ޖަމްޝާދާއި ޝާރިހުގެ އިތުރުން އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ފުލުހުން ހިމާޔަތް ދިނެވެ. ފަހުން އެ ދެމީހުން ވަނީ މަހިބަދޫއަށް ގެންގޮސްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މިހާރު އެ ތިން މީހުންގެ ބަންދަށް ވެސް މުއްދަތު ޖަހާފައެވެ. އެގޮތުން ޖަމްޝާދާއި ޝާރިހުއަށް މުއްދަތު ޖެހީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައިކަން ވަނީ އެނގިފައެވެ.

މަޙްމޫދު މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ދަނގެތީގެ ފަޅު ގެއެއްގެ ފެން ވަޅެއްގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުހައްމަދު ސާލިމް ކިޔާ ބަންގްލަދޭޝްގެ މީހެކެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ސާލިމަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަމުން ދިޔަ މީހެކެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ހުންނަނީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައިއެވެ.

ކޮމެންޓް
ފަހުގެ
HDC