logoEN
Sto top
ދަނގެތީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްފި

ދަނގެތީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

2/24/2025, 5:26:21 PM

# ސްޓެލްކޯ# އއ. ދަނގެތި

--

އދ ދަނގެތީގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ކެޕޭސިޓީ އިތުރުކޮށްފި އެވެ.

Wamco

ދަނގެތީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ. އެކުންފުނިން މިއަދު ބުނީ މި އަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މއެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައި އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެރަށުގެ ކަރަންޓުގެ ވިއުގައާއި ގުޅާލާފައިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިއާއިއެކު ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައިކަން އެކުންފުނިން ހާމަކުރެއެވެ.

ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ދިނުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި އެކޮށް ސްޓެލްކޯއާއި ފެނަކައިން ދަނީ އެކުންފުނިތަކުން ދޭ ކަރަންޓުގެ ހިދުމަތުގެ ކެޕޭސިޓީތައް އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside