logoEN
cocacola
ފަރެސްމާތޮޑާގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ތުހުމުތުގައި ބިދޭސީއަކު ހޯދަނީ

ފަރެސްމާތޮޑާގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ތުހުމުތުގައި ބިދޭސީއަކު ހޯދަނީ

އަހުމަދު ޝުރާއު

logo

10/13/2021, 7:45:55 PM

# ފުލުހުން# ފަރެސްމާތޮޑާ

yoonus

ގދ ފަރެސްމާތޮޑާގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހޯދަމުން ދަނީ ބަންގަލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޔޫނުސް، (52އ) އެވެ.

ފުލުހުން ވަނީ އޭނާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައި އެވެ.

އަދި ފުލުހުން ވަނީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު: 9790111 އަށް ގުޅުއްވުމަށްވެސް އެދިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ