
ބޮޑިބަތް ކެއުމަކާއެކު ޤައުމީ ޓީމު މިރޭ ކުޅޭ މެޗް ޒިމަމަންގެ ބޮޑު ސްކްރީނަށް!
# ޒިމަމަން ރެސްޓޯރެންޓްScreenshot-2021-05-24-at-00.46.33
ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމު މިރޭ ކުޅޭ މެޗު ގދ. ތިނަދޫ ޒިމަމަން ރެސްޓޯރަންޓްގެ ބޮޑު ސްކްރީނުގައި އަޅުވަން ނިންމައިފި އެވެ.

ޒިމަމަން އިން ބުނީ، މިރޭ ރާއްޖެއާއި ބަންގާޅާ ކުޅޭ މެޗު އެ ރެސްޓޯރަންޓުގެ ބޮޑު ސްކްރީނުގައި އަޅުވާނެކަމަށެވެ. އަދި މެޗް ގަޑިއަށް ބޮޑިބަތްވެސް ލިބެން ހުންނާނެކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.
މިރޭ ޒިމަމަންގައި ބާއްވާ މި ހަރަކާތް އިންތިޒާމުކުރަނީ އެސްއެމްޑީ ބްރަދާސް އާ ޒިމަމަން އާ ގުޅިގެންނެވެ.
މިމުބާރާތުގެ ދެވަނަ މެޗަށް ރާއްޖެ ނުކުންނަ އިރު ރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވެއެވެ. ބަންގާޅު 3 ވަނަ މެޗަށް ނުކުންނައިރު ބަންގާޅުން ވަނީ ކުޅުނު 2 މެޗުން 4 ޕޮއިންޓު ހޯދައިފައެވެ. މި މެޗު ވެގެންދާނީ މި މުބާރާތުގައި ކުރިއަށް ދިޔުމަށް ރާއްޖެއަށް މޮޅުވުން މުހިންމު މެޗަކަށެވެ.
މިރޭ ރާއްޖެ- ބަންގާޅު ކުޅޭ މެޗު ފެށުމަށް ހަމަޖެހިގައިވަނީ 21:00 ގައެވެ.
ގުޅުންހުރި

ހަރެހެރި 2022 ގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު!

ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗު ޒިމަމަންގެ ބޮޑު ސްކްރީނަށް - ކޮންމެ 3 ކޮފީއަކުން އެއް ކޮފީ ހިލޭ

މިރޭގެ މެޗު ބޮޑިބަތާއިއެކު ކުރިޔަށްވުރެވެސް ފޯރިގަދަކޮށް ޒިމަމަންގެ ބޮޑު ސްކްރީނުން!





