
މިރޭގެ މެޗު ބޮޑިބަތާއިއެކު ކުރިޔަށްވުރެވެސް ފޯރިގަދަކޮށް ޒިމަމަންގެ ބޮޑު ސްކްރީނުން!
# ދިވެހިރާއްޖެ# ޒިމަމަން ރެސްޓޯރެންޓް# ސާފް ޗެންޕިއަންޝިޕްphoto_2021-10-09-16.30.43
ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމު މިރޭ ކުޅޭ މެޗު ގދ. ތިނަދޫ ޒިމަމަން ރެސްޓޯރަންޓްގެ ބޮޑު ސްކްރީނުގައި އަޅުވަން ނިންމައިފި އެވެ.

ޒިމަމަން އިން ބުނީ، މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗު އެ ރެސްޓޯރަންޓުގެ ބޮޑު ސްކްރީނުގައި އަޅުވާނެކަމަށެވެ. އަދި މެޗް ގަޑިއަށް ބޮޑިބަތްވެސް ލިބެން ހުންނާނެކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.
މިރޭ ޒިމަމަންގައި ބާއްވާ މި ހަރަކާތް އިންތިޒާމުކުރަނީ އެސްއެމްޑީ ބްރަދާސް އާ ޒިމަމަން އާ ގުޅިގެންނެވެ.
މިމުބާރާތުގެ ފަހުމެޗަށް ރާއްޖެ ނުކުންނަ އިރު ރާއްޖެއަށް ވަނީ 6 ޕޮއިންޓް ލިބިފައި އެވެ. އަދި އިންޑިއާއަށް ވަނީ 5 ޕޮއިންޓް ލިބިފައިއެވެ މި މެޗު ވެގެންދާނީ މި މުބާރާތުގައި ފައިނަލްގެ ޖާގަ ކަށަވަރުވެގެންދާނެ މުހިންމު މެޗަކަށެވެ.
މިރޭ ރާއްޖެ- އިންޑިއާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިގައިވަނީ 21:00 ގައެވެ.
ގުޅުންހުރި

ދުނިޔެއިން އަދި މިހާތަނަށް ރެކޯޑުކުރެވިފައި ނުވާ މަހެއް ރާއްޖެއިން ފެނިއްޖެ: ނަމަކަށް ކްރޯމިސް އަބަދަށް!

ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހަރެހެރި 2022 ގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު!
