logoEN
Sto top
ދިވެހިންގެ ކިބައިން މާފަށް އެދި، ޖާބިރު ތައުބާވެއްޖެ

ދިވެހިންގެ ކިބައިން މާފަށް އެދި، ޖާބިރު ތައުބާވެއްޖެ

# ޖާބިރު# އަބްދުﷲ ޖާބިރު

b_1dP86Wlo2UFRW3Rvs19ILgxma

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ އެވެ.

Wamco

ޖާބިރު އިއްޔެ މަޖިލިސް ތަޅުމުގައި ދެއްކެވީ އިސްލާމް ދީނުގެ ހައްދުން ބޭރުވެފައިވާ ފަދަ ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ގިނަބަޔަކު އެކަން ކުށްވެރި ކުރަމުންދެެއެވެ.

https://gaafu.mv/news/34049

ޖާބިރު ވިދާޅުވީ މަޖިލީހުގައި އެގޮތައް ވާހަކަ ދެކެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ދެއްކި ވާހަކަ މަޖިލީހުން ބަލަމުން ގެންދާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside