logoEN
cocacola
ޖާބިރު ހައްޔަރުކޮށް ހަރުކަށި އަދަބުދޭން ކާށިދޫ ކައުންސިލުން ގޮވާލައިފި

ޖާބިރު ހައްޔަރުކޮށް ހަރުކަށި އަދަބުދޭން ކާށިދޫ ކައުންސިލުން ގޮވާލައިފި

# ޖާބިރު# އަބްދުﷲ ޖާބިރު

ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ވާހަކަ ދެއްކުމާ ގުޅިގެން އެކަން ކުށްވެރިކޮށް ކ. ކާށިދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ގޮސިޔާ

އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ރާއްޖޭގައި އަޅުކަން ކުރެވޭނެ ގޮތް ހަދަން ޖާބިރު އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޮވާލެއްވީ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. އެ އާޔަތުގެ މާނައަކީ "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

މިކަމާއި ގުޅިގެން މިއަދު ކާށިދޫ ކައުންސިލްގެ ފަސް މެމްބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި ވަނީ ޖާބިރުގެ މި ވާހަކަތަކާއެކު އޭނާ އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފުވެފައިވާ ކަމަށެވެ. އަދި އޭނާގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ ކާށިދޫ ކައުންސިލުން ވަނީ ޖާބިރު ހައްޔަރުކޮށް، އޭނާގެ މައްސަލަ ތަހުގީގުކޮށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އޭނާއަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތަކަކީ އެ ދާއިރާ ތަމްސީލްކޮށް ދެއްކި ވާހަކަތަކެއް ކަމަށް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި މަޖިލީހުގައި ވާހަކަ ދައްކަވާއިރު ޒިންމާދާރުކޮށް ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ކާށިދޫ ކައުންސިލުން ވަނީ ޖާބިރުއަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ޖާބިރު ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ވަނީ މިއަދު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ