logoEN
cocacola
އިޓަލީގެ ރެޑްލިސްޓުން ރާއްޖެ އުނިކޮށްފި

އިޓަލީގެ ރެޑްލިސްޓުން ރާއްޖެ އުނިކޮށްފި

# އިޓަލީ# ރެޑްލިސްޓް

ފަތުރުވެރިން-850x548

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށް ރާއްޖެއައިސް އަނބުރާ އެގައުމަށްދާ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ގޮސިޔާ

އިޓަލީގެ ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މިމަހު 22ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖެ ފިޔަވައި އިތުރު 7 ގައުމެއްވެސް ވަނީ އިޓަލީގެ ގްރީން ލިސްޓަށް ލާފައެވެ. މީގެތެރޭގައި ބަންގްލަދޭސް، އިޖިޕްޓް، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީ ހިމެނެއެވެ.

އިޓަލީގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ސެޕްސް އިން ވަނީ ރާއްޖެ ހިމަނައިގެން 8 ގައުމެއް އިޓަލީގެ ރެޑް ލިސްޓުން އުނިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެއާއެކު އިޓަލީގެ ގިނަ މީހުންނަށް ކޯވިޑަށް ޓެސްޓްކުރުމަކާއި ނުލައި ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ރެޑް ލިސްޓުން ރާއްޖެ އުނިވުމަކީ އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދާނެ އެވެ.

އިނގިރޭސިވިލާތުންވެސް ވަނީ އެ ޤައުމުގެ ރެޑް ލިސްޓުން މިމަހު ރާއްޖެ ނަގާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ