logoEN
cocacola
ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަޖިލިސް ތެރޭގައި ޖާބިރު ގޮވާލައިފި

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަޖިލިސް ތެރޭގައި ޖާބިރު ގޮވާލައިފި

# މަޖިލިސް# އަބްދުﷲ ޖާބިރު

ޖާބިރު

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ގޮވާލައިފިއެވެ.

ގޮސިޔާ

މިއީ ރާއްޖޭގައި ދީނީ މިނިވަންކަމަށް މަޖިލިސް ތެރޭގައި މެމްބަރު ގޮވާލި ފުރަތަމަ ފަހަރެވެ. ޖާބިރު ދީނީ މިނިވަންކަމަށް މަޖިލީހުގައި ގޮވާލީ މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.

ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވާ ޖާބިރު ވިދާޅުވީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖެގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ބުނެ އޭނާ ވަކާލާތު ކުރެއްވި އެވެ.

"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުީ ގުރުއާންގެ ސޫރަތުލް ކާފިރޫން ގައިވާ ހަތަރު ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައީ: "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

މިއީ މިހާ ފާޅުކަން ބޮޑުކޮށް ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލައި ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރެވެ. ޖާބިރުގެ ވާހަކައާ ގުޅިގެން އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެހެން މެމްބަރަކު ވެސް ޖާބިރުގެ އެ ވާހަކައާ ދެކޮޅަށް އަޑު އުފުލާފައެއް ނުވެއެވެ. މަޖިލީހުގެ ރިޔާސަތުންވެސް އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ