logoEN
cocacola
ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި

# ކަސްޓަމްސް# ސަރަހައްދީ ބަނދަރު# ހދ. ކުޅުދުއްފުށި

E_bak5cVEAA531C

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ކުރިމަތީގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އެވެ.

ގޮސިޔާ

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކުޅުދުއްފުށި ސިޓީގެ މޭޔަރގެ އިތުރުން ކައުންސިލްގެ މެމްބަރުން، އަދި އެމްއެންޑީއެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތު ރިޖަނަލް އޮފީހުގެ ސަބަބުން ސަރަހއްދީ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން ހެޔޮއަގުގައި ތަކެތި ގަންނަން މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިހްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރ ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަލަށް ގާއިމްކުރެވުނު ނޯތު ޑިވިޝަން ހެޑް އޮފީހާއެކު ރާއްޖޭގެ އުތުރުގައި އިގްތިސާދު ސިނާއަތްތައް ތަރައްގީކޮށް ފުޅާކުރުމަށް ފަސޭހަވެގެނަދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ މައާފްކުރުމަށް ހަމަޖެހިފައިވުމާއެކު، އެ އޮފީސް އިމާރާތާއެކު ރީޖަނަލް ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާވެ، ވިޔަފާރުވެރިންނަށް ލުފަސޭހަތަކެއް ލިބި މާލޭ ކޮމާޝަލް ބަނދަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށި މޭޔަރ، މުހައްމަދު އާތިފް ފާހަގަ ކުރެއްވި ގޮތުގައި، މިއަދު ހުޅުވިގެންދިޔަ މި އޮފީހާއެކު އެރަށުން ދެމުންގެންދާ ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ތަރައްގީވެ ފުޅާވެގެންދާނެއެވެ.

އުލިގަމުގައި ކަސްޓަމްސްގެ އިމާރާތް ގާއިމްކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، މި އިމާރާތުގެ މަސައްކަތް ނިންމާފައިވަނީ އެސްޖޭ ކޮންސްޓަރަކްޝަންސް އިންނެވެ. 3 ބުރީގެ މި އިމާރާތުގައި އޮފީސް އެރިއާއަކާއި، ރީޖަނަލް ޓރްއިނިންގ ސެންޓަރެއްގެ އިތުރުން ސްޓާފް އެކަމަޑޭޝަން އެއް ވަނީ ގާއިމްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ