logoEN
Sto top
ތިނަދޫ އާބާދީ55 ގެ ޖަލްސާ މިރޭ "ގާފު" އިން ލައިވް ކުރާނެ!

ތިނަދޫ އާބާދީ55 ގެ ޖަލްސާ މިރޭ "ގާފު" އިން ލައިވް ކުރާނެ!

# ތިނަދޫ އާބާދީ55

240653904_1888590344661547_3938323545009271715_n

ގދ. ތިނަދޫގައި އަލުން ވަޒަންވެރިވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ “އާބާދީ55”ގެ މުނާސަބަތުގައ ބާއްވާ ރަސްމީ ޖަލްސާ މިރޭ ގާފު އޮންލައިންގެ ފޭސްބުކް ޕޭޖުގައި ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Wamco

ގާފު ނޫހުން އެ އިވެންޓް ލައިވް ކުރަނީ، އެ އިވެންޓް ލައިވް ކުރާ، “އިވެންޓް ކާސްޓް މޯލްޑިވްސް” އާ ގުޅިގެން ވިޔަފާރި އުސޫލުންނެވެ. މިއީ ތިނަދޫ އާބާދީ55ގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެންމެ ޝަރަފްވެރި ހަރަކާތެވެ. މިރޭގެ ޖަލްސާގައި އައްޑޫ ސިޓީއާއި, ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ތިނަދޫގައި އަލުން ވަޒަންވެރިވިތާ 55 އަހަރު ފުރިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހަށް އެރަށު ކައުންސިލުން ބައި މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ގިނަ ހަރަކާތްތަކެއް ބާއްވަން ރޭވި ނަމަވެސް ކޮވިޑް19ގެ ކޭސްތަކެއް އެރަށުން ފެނި ރަށް މޮނިޓަރިންއަށް ލެވުމާ ގުޅިގެން ހަރަކާތްތައް ފަސްކުރަން ޖެހުނެވެ. އެއާއެކު އެ ހަރަކާތްތައް ބާއްވަން ފެށީ އިއްޔެ އެވެ. ދުވަހާ ގުޅިގެން ކުޅިވަރު ހަރަކާތްތަކެއް އިއްޔެ ބާއްވާފައިވާއިރު, އެ ދުވަހާ ގުޅޭ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ, އެ ރަށުގެ އާބާދީ މައިޒާން (މިއުޒިއަމް ޕާކް) ގައެވެ.

އެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. ގާފު ނޫހުން ޖަލްސާގެ ލައިވް ކަވަރޭޖް ފެށުމަށް ހަމަޖެހިފައިވަނީ 20:25 ގައެވެ.

ތިނަދޫގެ އާބާދީ ދުވަސް ފާހަގަކުރަން ބާއްވާ ހަރަކާތްތައް އިއްޔެ ވަނީ ފަށާފައެވެ. އެގޮތުން, އެ ދުވަހާ ގުޅިގެން ހިންގަން ރޭވި ކުޅިވަރު ހަރަކާތްތައް އިއްޔެ ހަވީރު ތިނަދޫގެ ރަސްމީ ބޯޅަ ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside