logoEN
Sto top
ތިނަދޫ އާބާދުވުމުގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޝަރަފުގެ ފިލާ އަރުވައިފި

ތިނަދޫ އާބާދުވުމުގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޝަރަފުގެ ފިލާ އަރުވައިފި

# ގދ. ތިނަދޫ ކައުންސިލް# ތިނަދޫ އާބާދީ55

DSC_2719

ގދ. ތިނަދޫގައި އަލުން ވަޒަންވެރިވިފަހުން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އެކި ގޮތް ގޮތުން ޚިދުމަތްކުރެއްވި ފަރާތްތަކަށް ޚިދުމަތުގެ ޝަރަފުގެ ފިލާ އަރުވައިފިއެވެ.

Wamco

އެފަރާތްތަކަށް ޝަރަފުގެ ފިލާ އަރުވާފައިވަނީ ތިނަދޫ އާބާދީ55 ގެ މުނާސަބާގައި މިރޭ ކުރިއަށްދާ ޖަލްސާގައެވެ. އެޖަލްސާގައި އެފަރާތްތަކާ ޝަރަފުގެ ފިލާ އަރުވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު, އަލީ ނިޒާރު އެވެ.

ޚިދުމަތުގެ ޝަރަފުގެ ފިލާ އެރުވި ފަރާތްތައް:

އަލްމަރްހޫމް ހަސަން ހިލްމީ - ތުއްތު ކަތީބް | ފިލާއާ ހަވާލުވެވަޑައިގަތީ ގދ. ތިނަދޫ, ފައިވް ސްޓަރ, އަލްމާސް ޒުހައިރު

އަލްމަރްހޫމް މޫސާ ފަތުހީ - ކަތީބު | ފިލާއާ ހަވާލުވެވަޑައިގަތީ ގދ. ތިނަދޫ, ލީނާ, އިސްމާއިލް ފަތުހީ

އަލްމަރްހޫމް މުޙައްމަދު ރަޝާދު - ނާއިބު | ފިލާއާ ހަވާލުވެވަޑައިގަތީ ގދ. ތިނަދޫ ޗާންދު, އަބްދުالله މުސްތާޤު ރަޝާދު

އަލްމަރްހޫމް އަބްދުއްސަމަދު ޙުސައިން - ކަތީބު| ފިލާއާ ހަވާލުވެވަޑައިގަތީ ގދ. ތިނަދޫ, ފްރޭންކް/ އިބްރާހިމް އަސްއަދު

އަލްމަރްޙޫމް ޤާސިމް ރަޝާދު - މުދިމް| ފިލާއާ ހަވާލުވެވަޑައިގަތީ ގދ. ތިނަދޫ/ މާކޯޅި, އިބްރާހީމް ޝަރީފް

ތިނަދޫގައި އަލުން ވަޒަންވެރިވިތާ 55 އަހަރު ފުރިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހަށް އެރަށު ކައުންސިލުން ބައި މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ގިނަ ހަރަކާތްތަކެއް ބާއްވަން ރޭވި ނަމަވެސް ކޮވިޑް19ގެ ކޭސްތަކެއް އެރަށުން ފެނި ރަށް މޮނިޓަރިންއަށް ލެވުމާ ގުޅިގެން ހަރަކާތްތައް ފަސްކުރަން ޖެހުނެވެ. އެއާއެކު އެ ހަރަކާތްތައް ބާއްވަން ފެށީ އިއްޔެ އެވެ. ދުވަހާ ގުޅިގެން ކުޅިވަރު ހަރަކާތްތަކެއް އިއްޔެ ބާއްވާފައިވާއިރު, އެ ދުވަހާ ގުޅޭ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިރޭ އެވެ.

މިރޭގެ ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު, އަލީ ނިޒާރާއި, ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު, މުޙައްމަދު އާތިފްގެ އިތުރުން ދައުލަތުގެ މުވައްސަސާތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside