logoEN
Sto top
"ތިނަދޫ އާބާދީ 55" ގެ ކުޅިވަރުތައް ބާއްވައިފި

"ތިނަދޫ އާބާދީ 55" ގެ ކުޅިވަރުތައް ބާއްވައިފި

އަޙްމަދު ޖަމީލު

logo

9/9/2021, 6:30:54 PM

# ތިނަދޫ އާބާދީ55

DSC_1720

ގދ ތިނަދޫ އަލުން އާބާދުވިތާ 55 އަހަރު ފާހަގަކުރުމަށް ބާއްވާ ބައެއް ކުޅިވަރު ހަރަކާތްތައް މިއަދު ހަވީރު ބާއްވައިފިއެވެ.

Wamco

ތިނަދޫ އާބާދީ 55 ފާހަގަކުރުމުގެ ގޮތުން ހާއްސަ ފުޓްބޯޅަ މެޗެއްގެ އިތުރުން ކަނބަލުންނަށް ހާއްސަ "ބަޅެ ނޮންޓާ"ގެ މެޗެއްވެސް މިއަދު ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ. އެ ކުޅިވަރު ހަރަކާތްތެރިވާ އެންމެންނަށް ތިނަދޫ ކައުންސިލުން ބަނީ "އާބާދީ55" ގެ ހަރަކާތްތައް ތައްޔާރުކުރި ޚާއްސަ ޓީޝާޓެއް ދީފައެވެ.

undefined

ފުޓްބޯޅަ މެޗު ކުޅެފައިވަނީ ހަވީރު 16:00 ގައެވެ. އަދި "ބަޅެ ނޮންޓާ"ކުޅުން އޮތީ 17:00 ގައެވެ. މިއަދު މި ދެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު ރަސްމީ ޖަލްސާއެއްވެސް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

undefined

ތިނަދޫ އަލުން އާބާދުވިތާ 55 އަހަރު ފާހަގަކުރުމަށް ކައުންސިލުން ވަނީ 5 ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އަދި އެ ފަހުން 155,000 ރުފިޔާގެ ސަޕޯޓިން ބަޖެޓެއްވެސް ވަނީ އެދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC