logoEN
cocacola
ސުންކެއް ނަގައިފިނަމަ ނަތީޖާ ނުލިބެނީ ސްކޫލަށް ނުދިއުމަށް އަންގައިފި

ސުންކެއް ނަގައިފިނަމަ ނަތީޖާ ނުލިބެނީ ސްކޫލަށް ނުދިއުމަށް އަންގައިފި

# ކޮވިޑް19# ސްކޫލު ކިޔެވުން# ދަރިވަރުން# ޓީޗަރުން

School-thah-hulhuvun-mask-dharivarun-ސްކޫލް-ތައް-ހުޅުވުން-މާސްކް-ކޮވިޑް-ދަރިވަރުން-13-1-1536x1025

ކޮވިޑް19ގެ އަލާމާތެއް ފެނިގެން ސުންކެއް ނަގައިފިނަމަ، އެ ސުންކުގެ ނަތީޖާ ނުލިބެނީސް ސްކޫލަށް އެއްވެސް މުވައްޒަފަކު އަދި ދަރިވަރަކުވެސް ހާޒިރު ނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، އެއްވެސް ކުއްޖެއްގެ ޓެމްޕެރޭޗަރ ހުންނަން ޖެހޭ ވަރަށް ވުރެ އިތުރު ވެއްޖެނަމަ، އައިސޮލޭޓް ކުރާނެ ކަމަށާއި އެކަން ކުރުމަށް ކޮންމެ ސްކޫލެއްގައި ޖާގަ ހުންނާނެ ކަމަށެވެ.

"ކޮވިޑް ހާލަތުގައި އަޅުގަނޑުމެން އަމަލު ކުރި އެސްއޯޕީތައް ހަމަ ކުރިއަށް ދާނީ. އެހެންމަ އެގޮތުން މިކަހަލަ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅު ހުންނާނީ އެޅިފައި" އައްޒަ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ސްކޫލުގެ މުވައްޒަފުންގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން ވެސް ކޮވިޑްގެ އަލާމާތެއް ހުރެއްޖެނަމަ، ސްކޫލަށް ނައުމަކީ އެދޭ ކަމަށެވެ.

"ސާމްޕަލް ނަގައިގެން ޓެސްޓުގެ ނަތީޖާއަށް އިންތިޒާރު ކުރާނަމަ، އެވަގުތު ވެސް ސްކޫލަށް ހާޒިރުނުވުން އެއީ އަޅުގަނޑުމެންގެ އެދުމަކީ. އެގޮތަށް އެސްއޯޕީތަކުގައި ލިޔެވިފައި ވެސް ހުންނާނީ" އައިޝަތު އަލީ ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ