logoEN
PNC TOP 3
ދިވެހި ބަހުގެ އެކެޑަމީގެ އައު ރައީސަކަށް ޑރ. އަޝްރަފް

ދިވެހި ބަހުގެ އެކެޑަމީގެ އައު ރައީސަކަށް ޑރ. އަޝްރަފް

# ދިވެހި ބަހުގެ އެކެޑަމީ

306749_3_cc7d331439ba444065b515c92ba0a9d33373c450_large

ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު އިންތިހާބުކޮށްފި އެވެ.

PNC MID 2

އެ މުއައްސަސާގެ އާ ރައީސަކަށް ދަފްތަރު ނަމްބަރު 1901 ޑރ. އަޝްރަފް އިންތިހާބުކުރީ، ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ބޭފުޅުންގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ބޭފުޅަކު މިއަދު އައްޔަން ކުރެއްވުމާ ގުޅިގެން އެކަޑެމީގެ އާ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ބޭއްވި އިންތިހާބުގަ އެވެ.

މި ފަހަރު ދައުރު ހަމަވީ ކުރީގެ ރައީސް އަޝްރަފް އަލީގެ އިތުރުން ނައިބު ރައީސް ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމްގެ އެވެ. އަޝްރަފް އަލީ އާއި ރާފިއާގެ ބަދަލުގައި އެކެޑަމީ އަށް އަލަށް އައްޔަން ކުރެއްވީ ޑރ. އަޝްރަފްގެ އިތުރުން ޅ. ކުރެންދޫ ނޫރަންގޭ، ޒުލްފާ އިބްރާހިމެވެ. މުހައްމަދު ޝާހިދު ހަލީމް އަލަށް އައްޔަން ކުރެއްވި ނަމަވެސް މިދިޔަ ދައުރުގައި ވެސް އޭނާ ހުންނެވީ އެކެޑަމީގެ މެމްބަރަކަށެވެ.

އެކެޑަމީގައި މިހާރު ދައުރު ނުނިމި ތިއްބެވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ މިނިސްޓަރު އަބްދުއްރަޝީދު ހުސައިނާއި އިޔާޒު ނަސީމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC