logoEN
Sto top
ފައިނަލުގައި ބްރެޒިލްއާއި ސްޕެއިންގެ ކުރިމަތިލުމެއް

ފައިނަލުގައި ބްރެޒިލްއާއި ސްޕެއިންގެ ކުރިމަތިލުމެއް

# އޮލިމްޕިކްސް

EA3AE60D-35E7-4160-BCCA-FC01D58BEDEE

އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި ސްޕެއިން އަދި ބްރެޒިލް ކުރިމަތިލާން ޖެހިއްޖެ އެވެ.

Wamco

ފުރަތަމަ ސެމީގައި ބްރެޒިލުން ވަނީ ޕެނަލްޓީ ޖަހައިގެން 4-1 އިން މެކްސިކޯ ބަލިކޮށްފަ އެވެ. ދެ ވަނަ ސެމީިގައި އިތުުރު ވަގުތުގެ ދެ ވަނަ ހާފްގައި ސްޕެއިނުން ވައްދާލި ގޯލުން ވަނީ 1-0 އިން މި ފަހަރުގެ ގޭމްސްގެ ހޯސްޓް ޖަޕާން ބަލިކޮށްފަ އެވެ.

ފިރިހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި އެންމެ ފަހުން ރަން މެޑަލް ހޯދި ބްރެޒިލް ފައިނަލްގައި ކުޅޭ ތިން ވަނަ ފަހަރެވެ. ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ބްރެޒިލް ބަލިވީ ފައިނަލްގައި މެކްސިކޯ އަތުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ފަސް ގަނޑުގައި ވަނީ ޖަރުމަނު ބަލިކޮށް ރަން މެޑަލް ހޯދައިފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް އަށް އެންމެ ވަރުގަދަ ޓީމަކާ އެކު ނުކުތް ސްޕެއިން އެންމެ ފަހުން ފައިނަލެއްގައި މޮޅުވެފައި ވަނީ 1992 ވަނަ އަހަރު ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގައި އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ސިޑްނީގައި ބޭއްވި އޮލިމްޕިކްސްގެ ފައިނަލުން ސްޕެއިން ވަނީ ކެމަރޫން އަތުން ބަލިވެފަ އެވެ.

ފައިނަލުގައި ބްރެޒިލް އާއި ސްޕެއިން ބައްދަލުކުރާމެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 16:30 ގައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside