logoEN
cocacola
ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު - 35,000 މީހުން ހިމެނޭ އާބާދީގެ ބޮޑު އުއްމީދު

ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު - 35,000 މީހުން ހިމެނޭ އާބާދީގެ ބޮޑު އުއްމީދު

އަޙްމަދު ޖަމީލު

logo

7/18/2021, 8:45:46 AM

# ރިޕޯޓު# ހުވަދު އަތޮޅު# ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު

kdm

ހުވަދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވާހަކައަކީ މިވަގުތު އެންމެ އަޑު ހަރުކޮށް މީސްމީޑިޔާގަ ދެކެވޭ އެއްވާހަކައެވެ. ހާއްސަކޮށް ކްލަބްހައުސްގައެވެ. އެ މަންސަގައި މިކަމުގެ ބަހުސްނުކުރާ ދުވަހެއް މަދެވެ. އަތޮޅުގެ އެކި ރަށްރަށައް ނިސްބަތްވާ އާންމު ރައްޔިތުންނާއި އިންތިހާބީ މަގާމް ތަކުގައި ތިބި ވެރިން އެއްވެ މަޝްވަރާ ކުރަނީ މިކަން ކުރާނެ ގޮތަކާއި މިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުންނެވެ. ފެނިގެންދަނީ ވަރަށް އެއްބައިވަންތަ ރައްޔިތަކު އަތޮޅަށް މަންފާ ހޯދުމަށްޓަކައި މިކަން ކުރާނެ ގޮތަކާމެދު އެމީހެއްގެ އިލްމާއި ހިލްމު ތަންދިން މިންވަރަކުން ހިޔާލު ފާޅު ކުރަމުންދާތަނެވެ. މި އެންމެން ތެރޭ އެއްބަސްވެވޭ އެއްކަމެއް އެބައޮތެވެ. އެއީ ހުވަދު އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮންނަން ޖެހޭކަމެވެ. ރައީސް ސޯލިހްގެ ވައުދަކަށް ވާތީ އެވައުދު ފުއްދައިދެއްވާނެ ކަމުގެ އުއްމީދެވެ.

ގޮސިޔާ

ހުވަދު އަތޮޅުގައި އިންޓަރްނޭޝަނަލް އެއާޕޯޓެއް ގާއިމް ކޮށްދޭން ރައީސް ސޯލިހް ވައުދުވީ ރިޔާސީ އިންތިޙާބުގެ ކެންޕެއިނުގައި ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ސޯލިހު ވައުދުވީ ހުވަދު އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމް ކޮށްދޭނެ ކަމަށެވެ. އަދި އެ އެއާޕޯޓު އޮއްނާނީ ތިނަދޫއާ ކައިރީގައި ކަމަށް ވިދާޅުވިއެވެ. ތިނަދޫ ކައިރީގައި އިންޓަރނޭޝަނަލް އެއާޕޯޓް އޮއްނާނެކަމަށް ރައީސް ވިދާޅުވުމުގެ ސިއްރު ދާދިފަހުން ކްލަބްހައުސްގަ އޮތް މަޝަވަރާ ބައްދަލުވުމެއްގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުالله ސަނީފް ވަނީ ހާމަކޮށްދެއްވާފައެވެ. ސަނީފް ވިދާޅުވި ގޮތުގައި ރިޔާސީ ކެމްޕެއިނުގައި ރައީސް ސޯލިހް އެދިލެއްވީ ގދ. ތިނަދޫގައި މިދައުރުގައި ހިންގަން ބޭނުންވާ ތިން މެެގަ ޕްރޮޖެކްޓްއެއް ހުށަހަޅައިދިނުމަށެވެ. އެގޮތުން ތިނަދޫން އެދުނީ ޑްރަގް ރިހެބްލިޓޭޝަން ސެންޓަރާއި ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށްދިނުމަށެވެ.

ސަނީޕް ވިދާޅުވީ ތިނަދޫއިން އިންޓަރނޭޝަނަލް އެއާޕޯޓަކަށް އެދުނީ މުޅި އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަމުގައެވެ. ނޫން ނަމަ ތިނަދޫއަށް މުހިންމު އެހެން ކަމަކަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ސަނީފް ވިދާޅުވެފައިވެއެވެ.

ކޮންމެއަކަސް މިވަގުތު މުހިއްމީ އިންޓަރނޭޝަނަލް އެއާޕޯޓް ހުވަދު އަތޮޅުގައި ގާއިމް ވެގެންދިއުމެވެ. އަތޮޅުގައި އެއާޕޯޓް ގާއިމް ކުރަންވީ ކޮންތާކުތޯ އެއީ މުޅިން އެހެން ބަހުސެކެވެ. ސަރުކާރުން އެ ވައުދު ފުއްދައިދޭއިރު އަތޮޅުގެ ޖިއޮގްރަފީއަށް ބަލައި އެންމެ ރަނގަޅު ސަރަހައްދެއްގައި ކަން ކަށަވަރެވެ. އާންމު ރައްޔިތުން މީސްމީޑިޔާގައި އަޑު އުފުލަމުން ދަނީވެސް މިކަމަށް އެދިއެވެ. މި މަސައްކަތް އަވަސް ކޮށްދިނުމަށް އެދިއެވެ. އަދި ގިނަބަޔަކު ހިޔާލު ފާޅުކުރަމުން ދިޔައީ މިއީ ރައީސްގެ ވައުދަކަށް ވުމުން މިކަން ކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ބުނެ އެވެ.

ރާއްޖޭގެ ނިސްބަތުންވެސް ޓުއަރިސްޓް އެނދުތައް ގިނަ, މި ހުވަދު އަތޮޅަށް ނިސްބަތްވާ ކުދިބޮޑު އެންމެން މިތިބީ ރައީސްގެ މި ވައުދު ފުއްދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ހުވަދު އަތޮޅު ފަދަ ފަޅުރަށް ގިނަ, ރިޒޯޓު ތަރައްގީ ކުރެވި, ފަތުރުވެރިކަން ފުޅާކުރެވޭނެ ފަދަ ގުދުރަތީ ވެށްޓެއް އޮތް އަތޮޅަކަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ މުޙިއްމުކަން ކިތަންމެހާވެސް ބޮޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ