logoEN
cocacola
އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް: އިދިކޮޅު

އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް: އިދިކޮޅު

# ރައީސް ނަޝީދު# އަދުރޭ# އެމްޑީޕީ# ޕީޕީއެމް/ޕީއެންސީ

71926771_2283014842010435_913681668621991936_n

އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ދެން ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އެހީއަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ރާއްޖޭގެ ބައެއް ނޫސްތަކަށް އިންޓަވިއު ދެއްވަމުން އަދުރޭ ވިދާޅުވެފައިވަނީ ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށްވާއިރު، ޔާމީނަށް އަނިޔާ ކުރަމުންދަނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ނަޝީދު ކުރައްވާފައިވާ މެސެޖުތަކެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ.

އަދި އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބަ އުޅޭ ކަމަށާއި އެކަމަށް ރާއްޖޭގައި ތަމްރީނުތައް ހަދަމުން އަންނަ ކަމަށާއި ރައީސް ސޯލިހް މިވަގުތު ހުރީ ތާށިވެފައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ