
މިއީ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާ ދޭންޖެެހޭ ވަގުތު ކަމުގައި ގަބޫލެއް ނުކުރަން: ފައްޔާޒް
# އަބްދުالله ޝާހިދު# ފައްޔާޒް އިސްމާއިލް# އެމްޑީޕީ# އެމްޑީޕީ ޤައުމީ މަޖިލިސްއެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރިޔާސީ އިންތިޙާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުން ކުރިމަތިވި ނާކާމިޔާބީއަކީ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، އެފަދަ ވިސްނުމެއް ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ނުގެންގުޅުއްވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލް ވިދާޅުވެއްޖެއެވެ.

ބޮޑު ދެ އިންތިޚާބުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕްގެ މެންބަރުންގެ އިސްތިއުފާއަށް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ގޮވާފައިވެއެވެ.
އެގޮތުން ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެކަމަށް އިޝާރަތްކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އިންތިޙާބުތަކުގައި އޮންނަނީ މޮޅުވުމާއި ބަލިވުން ކަމަށާއި، ބަލިވާ ކޮންމެ ފަހަރަކީ ހުރި މަގާމަކުން އިސްތިއުފާދޭން ޖެހޭ ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
އަދި އިންތިޙާބުން ބަލިވުމާ ގުޅިގެން ބަލިވި ސަބަބުތައް ދެނެގަނެ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީ ވަރުގަދަ ކޮށް، އެމްޑީޕީ އަލުން ނަގާ ކޮޅަށް ޖަހަންޖެހޭ ވަގުތަކީ މިއީ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެއްވެސް ގޮތަކަށް ނެތް، ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކު އިސްތިއުފާ މިވަގުތު ދިނުމެއް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ގޮވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އެހެން ނަމަވެސް އިސްތިއުފާދިނުމުގެ ވިސްނުމެއް މިވަގުތަކު ނެތް ކަމުގައި އެމްޑީޕީގެ ވެރިކަމުގައި އިގްތިސާދީ ވަޒީރުކަން ކުރެއްވި ފައްޔާޒް ވިދާޅުވިއެވެ.
"އިސްތިއުފާގެ ވާހަކަ ދައްކާއިރު ފާހަގަވަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް ކަމަށް ބޮޑަށް އެކަމަށް ވަކާލާތުކުރައްވަނީ. އަދި މެމްބަރުންގެވެސް އެޝުއޫރު ހުންނާނެ. އެއީކީ މައްސަލައެއް ނޫން. ނަމަވެސް މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް"، ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ދެ އިންތިޙާބުން ނާކާމިޔާބީއާ ކުރިމަތިވި ސަބަބު ހޯދުމަށް ދިރާސާއެއް ވެސް ކުރައްވާނެ ކަމަށެވެ. އަދި ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރުމަށްފަހު އަންނަ އަހަރުގެ ތެރޭގައި ޕާޓީގެ ކޮންގްރެސް ވެސް ބާއްވާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
ފަހުގެ

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ބީއެމްއެލްގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި: އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ޚުޒާޢަތު!

އިރާނުގެ ބަނދަރެއްގައި ބާރުގަދަ ގޮވުމެއް: 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާދެނީ

ޒުވާނުންގެ ލަފާދޭ ކޮމެޓީގެ އިތުރު ދެ މެމްބަރަކު އިސްތިއުފާދީފި

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާރާތްކޮށްފި
