logoEN
cocacola
އެމްޑީޕީގެ ގައުމީ މަޖިލީސް މާދަމާ ރޭ އެއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީސް މާދަމާ ރޭ އެއްވަނީ

އަހުމަދު ޝުރާއު

logo

4/30/2024, 6:47:56 PM

# އެމްޑީޕީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް!

އިދިކޮޅު މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ , އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމަފައިފި އެވެ.

ގޮސިޔާ

މިކަން ހާމަކުރެއްވީ މިރޭ ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ ނިމިދޔަ ރިޔާސީ އިންތިހާބުގައި އެޕާޓީއިން ލިބިވަޑައިގެނެނެވި ނާކާމިޔާބީއަށްފަހު ބާއްވަވާ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ ތޭގެ ގައުމީ މަޖިލީހަކީ އިންތިހާބަށްފަހު ޕާޓީގެ ތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ ޕާޓީގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތް ކުރަން ފެށުމަށް ބާއްވާ ގައުމީ މަޖިލީހެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފަހުން އެމްޑީޕީއިން ބާއްވާނެ ތިން ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންނެވި އިރު ނިމިދިޔަ މަޖިލިސް އިންތިހާބަކީ އެޕާޓީ އުފެދުނީއްސުރެވެސް މަޖިލިސް އިންތިހާބަެއްގައި އެޕާޓީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ