logoEN
cocacola
އައްޑޫގެ ކުލީ ބިން ތަކުގެ އަގު ބޮޑު ކުރަން ނިންމައިފި

އައްޑޫގެ ކުލީ ބިން ތަކުގެ އަގު ބޮޑު ކުރަން ނިންމައިފި

# އައްޑޫ

199709776_2155331214609127_8441509324224860872_n

އައްޑޫގެ ކުލީ ބިންތަކުގެ އަގު ބޮޑު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ގޮސިޔާ

އައްޑޫ ނޫހެއް ކަމަށްވާ, އައްޑޫ ލައިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލައިވް ނުކޮށް ސިއްރުން ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ނިންމާފައިވަނީ މިހާރު ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ އެގްރިމެންޓު ދެން އާ ކުރާނީ ބިމުގެ އަގު ބޮޑުކުރުމަށްފަހު ކަމަށެވެ. އެގޮތުން ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 1 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ވަނީ މި ވަގުތަކީ ކުލީ ބިމުން ނަގާ އަގު މަތި ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް ވާހަކަ ދައްކަވާފައެވެ.

އައްޑޫ ކައުންސިލުން ކުލީ ބިމުގެ އަގު ބޮޑު ކުރުމަށް ނިންމި ނިންމުމުގެ އެއްވެސް މައުލޫމާތެއް އަދި ހާމަ ކޮށްފައި ނުވެއެވެ.

އައްޑޫ ކައުންސިލުގެ ނިންމުންތައް އާއްމު ނުކުރާތާ މަސް ދުވަސްވެފައިވާ އިރު އާ ކައުންސިލުން މައުލޫމާތު ހާމަ ކުރުމުގައި ލަސްކަމެއް ހުރި ކަން ފާހަގަ ކުރެވެވެއެވެ. އަދި ކައުންސިލް ބައްދަލުވުން ލައިވް ނުކުރުމަށްވެސް ބައެއް ކައުންސިލަރުން ދަނީ ބާރު އަޅަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ